އެކުއެޑޯ އަށް އުންމީދެއް

މެޗުގައި ލަނޑު ޖެހުމަށްފަހު އެކުއެޑޯގެ ކުޅުންތެރިން އުފާ ފާާޅު ކުރަނީ

އެކުއެޑޯ އޮތީ މި ގްރޫޕްގެ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ދެ މެޗުން ތިން ޕޮއިންޓު ހޯދައިގެންނެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) ގެ ގްރޫޕް ސްޓޭޖުގައި ޖެމެއިކާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެކުއެޑޯ އިން މުބާރާތުގައި ކުރިއަށް ދިޔުމުގެ އުންމީދު ހޯދައިފި އެވެ.

ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެހެންވެ، ބުރާސްފަތި ދުވަހުގެ ހެނދުނު ކުޅުނު މެޗުން މޮޅުވުން އޮތީ ދެ ޓީމަށް ވެސް މުހިންމުވެފަ އެވެ. އެ މެޗު ވެނެޒުއެލާ އިން ކާމިޔާބު ކުރީ 3-1 އިންނެވެ.

މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ވެނެޒުއެލާ އަށް ލީޑު ލިބުނީ ޖެމެއިކާގެ ކަސޭ ޕާމާ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ވެނެޒުއެލާ އިން ވަނީ ލީޑު ފުޅާ ކޮށްފަ އެވެ. އެ ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ކެންޑްރީ ފައޭޒް އެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ޖެމެއިކާ އިން ވަނީ ލަނޑު ޖަހައި އުންމީދެއް ހޯދައިފަ އެވެ. މެޗުގެ 54 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ މައިކައިލް އެންޓޯނިއޯ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަަމަވެ އިތުރަށް ދެއްކި ވަގުތުގައި އެކުއެޑޯ އިން ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަލަން މިންޑާ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މޮޅާއެކު އެކުއެޑޯ އޮތީ މި ގްރޫޕްގެ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ދެ މެޗުން ތިން ޕޮއިންޓު ހޯދައިގެންނެވެ. ޖެމެއިކާ އަށް މިހާތަނަށް އެއްވެސް ޕޮއިންޓެއް ލިބިފައިވާ ނުވާއިރު، އެ ޓީމު އޮތީ އެންމެ ފުލުގަ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.