ސަރުކާރުގެ ޓްރެޝަރީ ބިލް އަދި ބޮންޑަށް 89 ބިލިއަން ރުފިޔާ ދައްކަން ޖެހޭ

ފިނޭންސް މިނިސްޓިރީ

ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީބިލް) އާއި ޓްރެޝަރީ ބޮންޑަށް އަނބުރާ ދައްކަންޖެހޭ އަދަދު 89.8 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މީގެ ތެރެއިން 80.6 ބިލިއަން ރުފިޔާއަކީ ޑޮމެސްޓިކް އިންސްޓްރުމެންޓްސް ނުވަތަ ރާއްޖޭގެ ފަރާތްތަކުން ހޯދާފައިވާ ޓީބިލާއި ބޮންޑެވެ. މީގެ ތެރެއިން 36.2 ބިލިއަން ރުފިޔާއަކީ ދިވެހި ރުފިޔާއިން ނަގާފައިވާ ޓީ-ބިލުތަކަށް އަނބުރާ ދައްކަންޖެހޭ އަދަދެވެ. ރުފިޔާއިން ނަގާފައިވާ ބޮންޑްތަކަށް 25.3 ބިލިއަން ރުފިޔާ ދައްކަންޖެހެ އެވެ.

ސަރުކާރުގެ ސެކިއުރިޓީޒް އަނބުރާ ދައްކަންޖެހޭ ގޮތް

  • އެއް މަސް ތެރޭގައި: 588 މިލިއަން

  • އެއް މަސް: 3 ބިލިއަން ރުފިޔާ

  • ތިން މަސް: 4.6 ބިލިއަން ރުފިޔާ

  • ހަ މަސް: 9 ބިލިއަން ރުފިޔާ

  • އެއް އަހަރު: 28.8 ބިލިއަން ރުފިޔާ

  • އެއް އަހަރާއި ފަސް އަހަރު: 6.4 ބިލިއަން ރުފިޔާ

  • ފަސް އަހަރާއި 10 އަހަރު: 17.4 ބިލިއަން ރުފިޔާ

  • 10 އަހަރާޢި 15 އަހަރު: -

  • 15 އަހަރާއި 20 އަހަރު: 19.7 ބިލިއަން ރުފިޔާ

ޓީ-ބިލަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.