އަށާރަވަނަ މަޖިލީހުގައި މުޙައްމަދު އިސްމާއީލް
ރައްޔިތުން ގައުމެއްގެ ވެރިކަން ހަވާލުކުރާއިރު ވެރިކަން ހަވާލުކުރެވެނީ ކިހާވަރެއްގެ އިޚުލާސްތެރި ތެދުވެރި ބޭފުޅަކަށްތޯ ސުވާލުކުރަންޖެހޭ ކަމަށް ވިދާޅުވި
ކުރީ ސަރުކާރުން ނެގި ބޮޑު ދަރަނިން ކުރި ކަމެއް ފެންނާކަޑް ނެތް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ހުށައަޅާފައިވާ ދަރަންޏާއި ބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނައި ފިކުރުކުރަން ޖެހޭ ކަމަށެވެ.
"ރައްޔިތުން މި ޑިމޮކްރަސީއެއް ބަލައިގަނެގެން މި ގިނަ ޕާޓީތައް އެކުލެވޭ ވެރިކަންތަކެއް ރާއްޖޭގައި އުފެދެމުން އައިއިރު ވިއްސަކަށް އަހަރު ފާއިތުވެގެންދާއިރުގައި މި ވެރިކަންތަކުން އަޅުގަނޑުމެންނަށް އެންމެ ބޮޑެތި އަނިޔާވެރިކަން ޤައުމަށާއި ރައްޔިތުންނަށް ލިބުނީ ކޮން ވެރިކަންތަކަކުންތޯ ރައްޔިތުން ޢިލްމީ ގޮތެއްގައި ދިރާސާކޮށް ބަލަން އެބަޖެހޭ" މުޙައްމަދު އިސްމާއީލް ވިދާޅުވިއެވެ.
މުޙައްމަދު އިސްމާއީލް އިތުރަށް ވިދާޅުވީ ރައްޔިތުން ގައުމެއްގެ ވެރިކަން ހަވާލުކުރާއިރު ވެރިކަން ހަވާލުކުރެވެނީ ކިހާވަރެއްގެ އިޚުލާސްތެރި ތެދުވެރި ބޭފުޅަކަށްތޯ ސުވާލުކުރަންޖެހޭ ކަމަށެވެ. އަދި ޢިލްމީ ކެޕޭސިޓީ ކިހާވަރަކަށްތޯ އެ ބޭފުޅެއްގައި ހުރީ ވެސް ބަލަންޖެހޭ ކަމަށެވެ.
ގައުމުގެ މާލީ ހާލަތާއި އިޤްތިސާދު ރަނގަޅު ކުރުމަށް ސިޔާސީ މަގާމުތައް މަދުކުރުމަށާއި ދައުލަތުން ބާއްވާ ބޮޑެތި ހަފްލާތަށް ނުބާއްވަން ނިންމަވައިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާނުކުރައްވާފައެވެ.
ކޮމެންޓް