އެކްސިޑެންޓްގައި ނިޔާވި އަލްސަންގެ އާއިލާއަށް، ރައީސް ޑރ. މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ރައީސް މުއިއްޒު ބިލެއް ތަސްދީގުކުރައްވަނީ / ފައިލް ފޮޓޯ: ރައީސް އޮފީސް

ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވެފައި އަލްސަން މުހައްމަދުގެ އާއިލާއަށް، ރައީސް ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރޭ މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް މަތިން ހުރަސް ކުރި މީހެއްގެ ގައިގާ ޖެހި ހިނގި އެކްސިޑެންޓުގައި އެކަކު ނިޔާވެފައިވާއިރު، އަނިޔާވި އިތުރު ދެމީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓުގައި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ދަރިފުޅު ނިޔާވެފައިވާއިރު، ރައީސްގެ ތައުޒިޔާ މެސެޖުގައި ވަނީ މި އެކްސިޑެންޓުގައި އަނިޔާވެ ފަރުވާ ހޯދަމުންދާ ދެ މީހުންނަށް އަވަސް ޝީފާއަކަށް އެދިވަޑައިގެންފައެވެ.

إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއެކު. މަރްޙޫމް ޔޫސުފް އަލްސަން މުޙައްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން. އެ މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން. އަދި، މި އެކްސިޑެންޓުގައި ހާނީއްކަވެ ފަރުވާ ހޯދަމުންދާ ދެ ފަރާތަށްވެސް އަވަސް ޝިފާއަށް އެދި ދުޢާ ކުރަން.

މި އެކްސިޑެންޓްގައި ދެން އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 16 އަހަރުގެ ކުއްޖަކާއި 40 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އެކްސިޑެންޓު ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.