މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލެވޭ ގޮތަށް ތަރައްޤީގެ މަސައްކަތްތައް އިސްކަންދީގެން ކުރިއަށް ގެންދިއުން މުހިންމު: މިނިސްޓަރ ޠާރިޤު

މިނިސްޓަރ

ސީސީޑީއާރު ފަދަ މުހިންމު އިސްނެގުންތަކުގެ ތެރެއިން ދިވެހިރާއްޖެއަށް ވޯލްޑް ބޭންކުން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި

މިއަދު ބޭއްވުނު ވޯލްޑް ބޭންކުގެ މޯލްޑިވްސް ކަންޓްރީ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް ރިޕޯޓު (ސީސީޑީއާރު) ގެ ލޯންޗިންގ އިވެންޓުގައި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލެވޭ ގޮތަށް ތަރައްޤީގެ މަސައްކަތްތައް އިސްކަންދީގެން ކުރިއަށް ގެންދިއުމުގެ މުހިންމުކަން އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ފާހަގަކުރައްވައިފިއެވެ.

މި ރިޕޯޓަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށާއި، ތަރައްޤީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދޭނެ ވަސީލަތެއްކަމަށް ބެލެވެއެވެ. މި ރިޕޯޓުގެ ހޯދުންތަކުން ރާއްޖޭގެ ދުރު މުސްތަޤުބަލަށް ރޭވުމުގައި އެހީތެރިވެދޭނެކަމަށް އުއްމީދުކުރެވެއެވެ.

މިނިސްޓަރ ޠާރިޤު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ސީސީޑީއާރު ފަދަ މުހިންމު އިސްނެގުންތަކުގެ ތެރެއިން ދިވެހިރާއްޖެއަށް ވޯލްޑް ބޭންކުން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި މޫސުމީ ބަދަލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ.

މި އިވެންޓުގައި ވޯލްޑް ބޭންކުގެ އިސް ބޭފުޅުންނާއި، ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރިޕޯޓަކީ ދިވެހިރާއްޖޭގެ މޫސުމީ ބަދަލުތަކާއި ތަރައްޤީގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ފުރުޞަތުތައް ދެނެގަތުމަށް ތައްޔާރުކޮށްފައިވާ މުހިންމު ދިރާސާއެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.