ކްރިކެޓް ސްޓޭޑިއަމްގެ މަަސައްކަތް އަންނަ އަހަރު ފެށޭތޯ ބަލަނީ!

ވަޒީރު ރާފިޢު ވާހަކަފުޅު ދައްކަވަނީ

ކްރިކެޓްގެ ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކްރިކެޓް ކުޅުމަށް ހާއްސަ ދަނޑެއް ނެތުންކަމަށް ވިދާޅުވި

މިހާރު ކްރިކެޓް މުބާރާތްތައް ބާއްވަމުން އަންނަ މާލޭ ކުޅިވަރު އެކުވެނީގެ ޓްރެކް ދަނޑު، ކްރިކެޓް ސްޓޭޑިއަމެއްގެ ސިފައިގައި ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ކްރިކެޓްގެ ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކްރިކެޓް ކުޅުމަށް ހާއްސަ ދަނޑެއް ނެތުންކަމަށެވެ.

ކްރިކެޓް މުބާރާތްތައް ފޯރިގަދަވެ، ގިނަ ޓިމްތަކަކާއިއެކު ފެނުމުގައި އެންމެ ބޮޑަށް އޮތް ގޮންޖެހުމަކީ ޓީމްތަކަށް ޕްރެކްޓިސް ކުރެވޭނެ އެކަށީގެންވާ ވަސީލަތްތަކެއް ނެތުންކަމަށާއި އެންމެން ގުޅިގެން މިކަންކަމަށް ހައްލު ހޯދަން މަސައްކަތްކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވި އެވެ.

މިނިސްޓަރ ރާފިޢު ވިދާޅުވީ ކްރިކެޓަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށްވެސް ގެންދެވިފައިވާކަމަށާއި، މިކަންކަމަށް ހައްލެއް ހޯދައިދެއްވާނެކަމުގެ އުފާވެރި ޚަބަރު ރައީސް ދެއްވާފައިވާކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ދެއްވި އުފާވެރި ހަބަރަކީ މިވަގުތު ކްރިކެޓް ކުޅޭ ދަނޑު، ކްރިކެޓް ދަނޑެއްގެ ސައިޒަށް ފައްތައިގެން، ކްރިކެޓް ކުޅޭނެ ގޮތަށް އިންތިޒާމް ހަމަޖައްސައި މިތަނުގައި (ޓްރެކް ދަނޑުގައި) ސްޓޭޑިއަމެއްގެ ސިފައިގައި ހަދަން ހުއްދަ ދެއްވާނެ ވާހަކަ." މިނިސްޓަރ ވިދާޅުވި އެވެ

މިނިސްޓަރ ވިދާޅުވީ ސްޓޭޑިއަމްގެ ކަންކަން އަންނަ އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.