އުފެއްދުންތެރި މުރާލި ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ ނަފްސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރޭ: ރައީސް ޑރ. މުޢިއްޒު

ރައީސް ޑރ. މުޢިއްޒު

ސަލާމަތް ސިއްޙަތުގެ ދެ ބައިކުޅަ އެއްބަޔަކީ ނަފްސާނީ ދުޅަހެޔޮކަންކަމަށް ވިދާޅުވި

އުފެއްދުންތެރި މުރާލި ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ ނަފްސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ތަޙްނިޔާ ފޮނުއްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ސަލާމަތް ސިއްޙަތުގެ ދެ ބައިކުޅަ އެއްބަޔަކީ ނަފްސާނީ ދުޅަހެޔޮކަންކަމަށެވެ. އަދި އުފެއްދުންތެރި މުރާލި ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ ނަފްސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރާކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާވަނީ އިލްތިމާސްކުރައްވާފައެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފުވެސްވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާ ކުރައްވާފައެވެ. ނައިބު ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ހައްޤެއްކަމަށެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.