ޕީއެންސީގެ އިސްވެރިން
އީސީން ހާމަކޮށްފައި ވަނީ ހުސްވި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައެވެ.
އެގޮތުން، މިދިޔަ ޑިސެމްބަރުގެ ކުރިން އެންމެ ފަހުން އީސީގެ ތަފާސް ހިސާބުތައް އާންމުކުރި އިރު ޕީއެންސީގައި 28،000 އެއްހާ މެންބަރުން ތިބި ނަމަވެސް މިވަގުތު އެ ޕާޓީގައި 68،968 މެންބަރުން އެބަ ތިއްބެވެ.
އަދި މީގެ ކުރިން އެންމެ ގިނަ މެންބަރުން ތިބި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ އޮތީ 43،755 މެންބަރުންނާއެކު ލިސްޓުގެ ދެވަނައިގައެވެ. މީގެ ކުރިން އެމްޑީޕީގައި 52،142 މެންބަރުން ތިއްބެވެ. އަދި ތިން ވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 13،826 އެވެ. އަދި އުވައިލުމުގެ މަރުހަލާގައި އޮތް ޕީޕީއެމްގައި މިވަގުތު ވެސް 12،174 މެންބަރުން ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެހެނިހެން ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދުތައް:
އެމްޑީއޭ: 9،210 - މީގެ ކުރިން ތިބީ 8،200 މެންބަރުން
އެމްއެންޕީ: 6،050 - މީގެ ކުރިން ތިބީ 7،519 މެންބަރުން
ޑިމޮކްރެޓްސް: 3،667 - މީގެ ކުރިން ތިބީ 4،300 މެންބަރުން
އެމްޓީޑީ: 2،359 - މީގެ ކުރިން ތިބީ 3،100 މެންބަރުން
ޕީއެންއެފް: 2،822
ކޮމެންޓް