އެލްފިން ކޮސްމެޓީކް
އެލްފިން ކޮސްމެޓީކް އިން ދިވެހިންނަށް އެންމެ ކަމުދާ ބްރޭންޑްތަށް ކަމަށްވާ ނޯޓް، އިސަބޭލް ޑުޕޯންޓް، ސަން ބަމް، ޑރ. ރަޝެލް ސްކިން ކެއަރ، ދަ އޯރޑިނެރީ ފަދަ ބްރޭންޑް ތަކުގެ ކޮސްމެޓިކްސް ލިބިވަޑައިގަންނަވާނެ
އެލްފިން ކޮސްމެޓިކްސްގެ ދެވަނަ ފިހާރަ އެލްފިން ކޮސްމެޓީކް އައްޑޫ ސިޓީގައި ހުޅުވައިފިއެވެ.
އެލްފިން ކޮސްމެޓީކް ހުޅުއްވައި ދެއްވީ އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރުއެވެ.
އެލްފިން ކޮސްމެޓީކް އަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ދުނިޔޭގެ އެންމެ ނަން މަޝްހޫރު އަދި ދިވެހިންނަށް އެންމެ ކަމުދާ ކޮސްމެޓިކްސްގެ ބާވާތްތަށް ހޯދުމަށް އެންމެ އެކަށޭނެ އެއް ފިހާރައެވެ. އެގޮތުން އަލަށް ހުޅުވިގެން މިދިޔަ އެލްފިން ކޮސްމެޓީކް އިން ދިވެހިންނަށް އެންމެ ކަމުދާ ބްރޭންޑްތަށް ކަމަށްވާ ނޯޓް، އިސަބޭލް ޑުޕޯންޓް، ސަން ބަމް، ޑރ. ރަޝެލް ސްކިން ކެއަރ، ދަ އޯރޑިނެރީ ފަދަ ބްރޭންޑް ތަކުގެ ކޮސްމެޓިކްސް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދަމުން އަންނަ ކޮރެއާގެ ކޮސްމެޓިކް ބްރޭންޑްތަށް ވެސް އެލްފިން ކޮސްމެޓީކް އިން ލިބެން ހުންނާނެއެވެ.
އެލްފިން ކޮސްމެޓިކްސް އަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ ތެރޭގައި ވަރަށް މަޤުބޫލު އަދި ވަރަށް މަޝްހޫރު ކޮސްމެޓިކްސް ފިހާރައެކެވެ. އަދި މިފަހަރު މި ހުޅުވުނު އެލްފިން ކޮސްމެޓީކް ފިހާރަ އާއެކު އައްޑޫ ސިޓީގެ ރައްޔިތުންނަށް ކޮސްމެޓިކް ސާމާނު ލިބުމަށް އިތުރު ފުރުސަތު ތަކެއް ލިބުނީއެވެ.
އެލްފިން ކޮސްމެޓީކް ހުޅުވިފައިވަނީ އައްޑޫ ސިޓީ ހިތަދޫގެ މައި މަގުގައެވެ.
ކޮމެންޓް