ދަތި އުނދަގޫތަކަށް ކެތްތެރިނުވެ، ނޭދެވޭ ބަސްތައް ބުނެ، އަތުންފައިން ގޯސްހަދާ ތަން ފެނޭ: ޚުތުބާ

އިސްލާމީ މަރުކަޒުގައި ނަމާދުކުރަނީ

ދުނިޔޭގެ ހަޔާތުގައި އިންސާނާ ދުޅަހެޔޮކަމާއި ބަލިމަޑުކަމާއި އުފަލާއި ހިތާމަ އާއި މުއްސަނދިކަމާއި ފަގީރުކަމާއި ކުރިމަތިލާން ޖެހުމަކީالله ގެ ސުންނަތް ކަމަށް ބުނި

ބައެއް ފަހަރު ދިމާވާ ދަތި އުނދަގޫތަކަށް ކެތްތެރިނުވެ، ނޭދެވޭ ބަސްތައް ބުނެ، އަތުންފައިން ގޯސްހަދާ ތަން ފެންނަނީ މަދުން ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރަސޫލު ބޭކަލުންގެ ހަޔާތްޕުޅުން އިބުރަތް ލިބިގަތުމުގެ މައްޗަށް އަލިއަޅުވާލައި މިއަދުގެ ޚުތުބާގައި ބުނީ ދުނިޔޭގެ ހަޔާތުގައި އިންސާނާ ދުޅަހެޔޮކަމާއި ބަލިމަޑުކަމާއި އުފަލާއި ހިތާމަ އާއި މުއްސަނދިކަމާއި ފަގީރުކަމާއި ކުރިމަތިލާން ޖެހުމަކީالله ގެ ސުންނަތް ކަމަށެވެ. އަދި އެ ކަންކަން އެ ގޮތުގައި ހިނގަމުން ދަނީ الله ގެ މަތިވެރިވެގެންވާ ހިކުމަތެއްގެ މަތިން ކަމާއި އުނދަގޫ ކަމަކަށް ފަހު ލުއި ކަމެއް ގެނެސްދެއްވާނެ ކަމަށް އެކަލާނގެ ވައުދުވެވޮޑިގެންވާކަން މުސްލިމް އަޅާ ޔަގީން ކުރާތީ ކަމަށް ޚުތުބާ ގައި ވެސް ބުންޏެވެ.

ޚުތުބާގައި ވިދާޅުވީ މި ދުނިޔެ މަތީގައި އެންމެ ބޮޑު އިމްތިޙާނެއް ކުރިމަތިކުރެއްވީ ރަސޫލު ބޭކަލުންނަށް ކަމަށާއި މީގެ ތެރެއިން އައްޔޫބުގެފާނުގެ ވާހަކައަކީ ވަރަށް އިބުރަތްތެރި ވާހަކައެއް ކަމަށެވެ. އެކަލޭގެފާނަށް ﷲ ތަޢާލާ ގިނަ މުދަލާއި، އަޅުންނާއި، ދަރީން ދެއްވި ނަމަވެސް، ފަހުން އެކަލޭގެފާނު އިމްތިޙާނު ކުރެއްވުމަށް ބޮޑު ބަލިމަޑުކަމެއް ޖެއްސެވިއެވެ.

ކީރިތި ޤުރުއާނުގައި މިފަދަ ޢިބުރަތްތެރި ވާހަކަތައް ބަޔާންކޮށްދެއްވާފައިވަނީ މީސްތަކުންނަށް ފިލާވަޅު ލިބި، އުޅުމާއި ގުޅުން އިޞްލާޙުކުރުމަށްޓަކައި ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވި ގޮތުުން ރަސޫލުބޭކަލުންގެ ޙަޔާތްޕުޅުން ޢިބުރަތް ލިބިގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. އިންސާނުންގެ ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމަކީ އިލާހީ އިމްތިޙާނުތަކެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.