އެމްޕީއެލްއިން ގިނަ އަދަދެއްގެ ފިޔާ ބަސްތާ ކްލިއާކޮށްފި

އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން 4،720 ބަސްތާގެ ފިޔާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ފިޔާގެ ޝިޕްމަންޓްތައް ލިބުމުގައި ދަތިތަކެއް ދިމާވެފައިވާއިރު މާލޭގެ ގިނަ ފިހާރަތަކުން ވަނީ ފިޔާ ހުސްވެފައެވެ. އަދި ފިޔާގެ އަގު ވަނީ ބޮޑުތަނުން އުފުލިފައެވެ

އެގޮތުން ބައެއް ފިހާރަތަކުގައި 35 ރުފިޔާއަށް ފިޔާ ކިލޯއެއް ލިބެން ހުރިއިރު ދެން ހުރި ފިހާރަތަކުގައި ފިޔާ ކިލޯއެއްގެ އަގު އުޅެނީ އެއަށްވުރެ މަތީގައެވެ. އަދި ބައެއް ފިހާރަތަކުގައި 75 ރުފިޔާއަށް ފިޔާ ކިލޯއެއް ވިއްކަން ހުރިކަން ވެސް ފާހަގަކުރެވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ޕެރިޝަބަލް މުދާ ބޭލުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކޮށް އެމްޕީއެލްއިން ބުނީ އެމްޕީއެލްގެ ކާގޯ އޮޕަރޭޝަންސްއިން އިއްޔެ އާއި ރޭ ކުރި މަސައްކަތުން 3 ބޯޓަކުން މުދާ ބާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 4،720 ބަސްތާ ފިޔާ ހިމެނޭކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މާލޭ ވިޔަފާރި ބަނދަރަށް އިއްޔެ އަައި ބޯޓުން މުދާ ބޭލުމުގެ މަސައްކަތް މޫސުން ތަންދޭ މިންވަރަކުން މިއަދު ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްޕީއެލްއިން ބުނެފައިވެއެވެ. އެ ބޯޓުން ގެނައި ޕެރިޝަބަލްސްގެ ތެރޭގައި 3،840 ބަސްތާ ފިޔާ ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ބާޒާރުގައި ފިޔާ ލިބުމުގައި ހުރި ދަތިކަން ހައްލު ކުރުމަށް ފިޔާ ޝިޕްމަންޓެއް ގެނައުމަށް މަސައްކަތް އެސްޓީއޯއިން ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ފިޔާގެ ޝިޕްމަންޓެއް ވަރަށް އަވަހަށް ބާޒާރަށް ނެރޭނެ ކަަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.