ކުދި ކުށްތަކަށް އަރައިގަންނަ ބިދޭސީން 48 ގަޑިއިރުތެރޭ ފުރުވާލުމަކީ އަމާޒެއް: އިހުސާން

ކުދި ކުށްތަކަށް އަރައިގަންނަ ބިދޭސީން 48 ގަޑިއިރުތެރޭ ފުރުވާލުމަކީ އަމާޒެއް: އިހުސާން

ކުދި ކުށްތަކަށް އަރައިގަންނަ ބިދޭސީން 48 ގަޑިއިރު ތެރޭ ރާއްޖޭން ޑީޕޯޓު ކޮށްލުމަކީ އަމާޒެއްކަމަށް

އިހުސާން މިހެން ވިދާޅުވީ، މިއަދު އެ މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، ބިދޭސީން ރާއްޖޭގައި ކުރާ ކުށްތައް މަދު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ. އެގޮތުން، ދިވެހި ރައްޔިތެއްގެ ބޮޑު ހައްގަކަށް އަރައި ނުގަނެ، ކުދި ކުށްތަކަށް އަރިގަންނަ މީހުންނާމެދު އަމަލުކުރަން ނިންމާފައިވާ ގޮތަކީ 48 ގަޑިއިރުތެރޭ ރާއްޖެއިން އެމީހަކު ފުރުވާލުންކަމަށް އިހުސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިކަން މިހާރު ވެސް ކުރިއަށް ދާކަމަށާއި ނަމަވެސް، ބައެއް ބިދޭސީންނަކީ އެއްވެސް ލިޔެކިޔުމެއް ނެތް ފަރާތްތަކަށްވުމުން އެފަދަ ފަރާތްތައް ފޮނުވާލުމުގައި ލަސްވެފައި ހުންނަކަމަށެވެ. ނަމަވެސް، އެކަންކަންވެސް އެމްބަސީތަކާއި ވާހަކަ ދައްކައިގެން ހައްލުކޮށް ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރެވޭކަމަށް ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، ކުށްކުރާ އެފަދަ ފަރާތްތައް ޑީޕޯޓު ކުރުމަކީ ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަކަށް ވީނަމަވެސް، އެކަން ނުކޮށް އެމީހުން މި ގައުމުގައި ބައިތިއްބައިފިނަމަ ލިބޭ ގެއްލުން މާބޮޑުވާނެ ކަމަށެވެ. އެހެންކަމުން ހަރަދު ބޮޑުވިނަމަވެސް އެކަން އެގޮތަށް ކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އިހުސާން ވިދާޅުވީ އެފަދަ ބިދޭސީން ފޮނުވާލަން ޓިކެޓް ނެގުމަށް ހަރަދުކުރަނީ އެމީހުން ރާއްޖެއަންނައިރު ދައްކާ ޑިޕޮސިޓް ފައިސާއިންކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.