'އިމިގްރޭޝަން ވޮޗް'އަށް މިހާތަނަށް 626 މައްސަލަ ހުށަހަޅާފައިވޭ: އިމިގްރޭޝަން

އިމިގްރޭޝަންއިން ހިންގި އޮޕަރޭޝަންއެއް

10ވަނަ ދުވަހުގެ ނިޔަލަށް އިމިގްރޭޝަން ވޮޗްއަށް 626 ހުށައަޅާފަވާއިރު އިމިގްރޭޝަނުން ބަލަމުންދާ މައްސަލަތަކުގެ އަދަދަކީ 496

އިމިގްރޭޝަން ވޮޗްއަށް މިހާތަނަށް 626 މައްސަލަ ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

މިމަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް އިމިގްރޭޝަން ވޮޗްއަށް 626 ހުށައަޅާފަވާއިރު އިމިގްރޭޝަނުން ބަލަމުންދާ މައްސަލަތަކުގެ އަދަދަކީ 496އެވެ.

މީގެ ތެރެއިން ވެރިފައި ކުރަމުންދާ މައްސަލަތަކުގެ އަދަދު 105އަށް އަރާއިރު، އެ އިދާރާއާއި ނުގުޅޭ މައްސަލަތަކާ ގުޅޭގޮތުން 25 ރިޕޯޓު ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މިއާއެކު ސަރުކާރު ވެރިކަމާ ހަވާލުވީންސުރެ މިހާތަނަށް 266 ތަނެއް ރެއިޑްކޮށް 3،542 ބިދޭސިއަކު ވަނީ ފުރުވާލާފައެވެ.

ޖުލައި މަހުގެ 17ވަނަ ދުވަހު ހުޅުވާލި މި ޕްލެޓްފޯމުން ކޮންމެ ފަރާތަަކަށްވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެއެވެ. ނޫނީ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުވެސް ހިއްސާ ކުރެވިދާނެއެވެ.

މީގެއިތުރުން އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް" ކޮށްވެސް 24 ގަޑިއިރު ރިޕޯޓް ކުރުމުގެ ފުރުސަތު އޮންނައިރު، މައުލޫމާތާ ފޮޓޯވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.