ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިއަދު ވަނީ ހިންނަވަރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާންއާ ބައްދަލުކުރއިފި
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިއަދު ވަނީ ހިންނަވަރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާންއާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އެ ދާއިރާއަށް ބޭނުންވާ ކުޅިވަރު ވަސީލަތްތަކާއި މިހާރު ހުރި ވަސީލަތްތައް އިތުރަށް ތަރައްޤީ ކުރާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމަކީ ސަރުކާރުން ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ ސިލްސިލާގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
ހިންނަވަރު ދާއިރާގައި ކުޅިވަރުގެ ވަސީލަތްތައް އިތުރަށް ތަރައްޤީކުރުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. އަދި އެ ދާއިރާގެ ރައްޔިތުންނަށް ކުޅިވަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަގުފަހިކުރާނެ ގޮތްތަކާ ގުޅޭގޮތުންވެސް ވާހަކަދެކެވުނެވެ.
މި ބައްދަލުވުމުގައި ކުރިއަށް އޮތް ތަނުގައި ހިންނަވަރު ދާއިރާގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ދެފަރާތުން ވަނީ މުހިންމު ޚިޔާލުތަކެއް ބަދަލުކުރައްވާފައެވެ.
ކޮމެންޓް