ޓަނަލުގައި ޑރ. މުއްޠަލިބް
ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ އިންޑިއާގެ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކުން މަޢުލޫމާތު ހޯދައި، ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންކުރެވިދާނެ އައު ޓެކްނޮލޮޖީތަކާއި ގޮތްތައް ދެނެގަތުން
މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބް އިންޑިއާގެ މުންބާއީގައި ހުންނަ އާދިތު ޓަނަލަށް ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު މުނު މަހާވަރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޒިޔާރަތަކީ މުންބާއީ އަހްމަދާބާދު ހައި ސްޕީޑް ރެއިލްގެ 7.1 ކިލޯމީޓަރުގެ ފެނުއަޑީގެ ޓަނަލް ފެށޭ ހިސާބަށް ކުރެއްވި ޒިޔާރަތެކެވެ. މިނިސްޓަރ ޑރ. މުއްޠަލިބުގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް އިބްރާހިމް ތާޢާމް މުޙައްމަދު އަދި މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢީލް ޙަމީދުވެސް މި ޒިޔާރަތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ އިންޑިއާގެ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކުން މަޢުލޫމާތު ހޯދައި، ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންކުރެވިދާނެ އައު ޓެކްނޮލޮޖީތަކާއި ގޮތްތައް ދެނެގަތުމެވެ. މީގެ ސަބަބުން ރާއްޖޭގައި ހިންގޭ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް އިތުރަށް ހަރުދަނާކޮށް ހަލުވިކުރެވޭނެ ކަމަށް ބެލެވެއެވެ. މި ޒިޔާރަތަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ މެދުގައި ޓެކްނިކަލް މަޢުލޫމާތު ޙިއްޞާކުރުމަށް މަގުފަހިވެގެންދާނެ ފަހި ފުރުޞަތެއް ކަމުގައިވެސް މިނިސްޓްރީއިން ފާހަގަކުރައްވައެވެ.
ކޮމެންޓް