ޕަރފިއުމަރީ
ރާއްޖެއަށް އަލަށް ތަޢާރަފުކުރެވުނު އޮންލައިން ޕަރފިއުމް ވިޔަފާރިއެއް ކަމަށްވާ "ޕަރފިއުމަރީ" ވަނީ ރަސްމީކޮށް ވިޔަފާރި ފަށައިފައެވެ.
ޕަރފިއުމަރީ ފޯރުކޮށްދޭނީ ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ އަގުހުރި އަދި ޚާއްޞަ ސެންޓްތަކެވެ.
މި ވިޔަފާރީގައި މިހާރުގެ ކަލެކްޝަންގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އުފެއްދުންތަކުގެ ތެރޭގައި ޑިއޯ ހޯމް އިންޓެންސް 100 އެމްއެލް ހިމެނެއެވެ. މިއީ ފިރިހެނުންނަށް ޚާއްޞަކޮށް އުފައްދާފައިވާ، މާމަލާއި، ވުޑީ އަދި ޕައުޑަރީ ނޯޓްސްގެ ތަފާތު މިކްސްއަކުން އެކުލަވާލާފައިވާ ސެންޓެކެވެ.
އަންހެނުންނަށް ޚާއްޞަކޮށްފައިވާ ބާބަރީ މައި ބާބަރީ އޯ ޑި ޕަރފިއުމް 90 އެމްއެލް ވެސް މި ވިޔަފާރިން ލިބެން ހުންނާނެއެވެ. "ލަންޑަންގެ ވާރޭވެހި ނިމުމަށްފަހު ބަގީޗާއަކުން ދުވާ ހިތްގައިމު ވަހުން އިލްހާމް ލިބިގެން އުފައްދާފައިވާ" މި ސެންޓްގައި ސްވީޓް ޕީ އާއި ބަރގަމޮޓްގެ ވަސް ވަރަށް ފާހަގަކުރެވެއެވެ.
މި ހިދުމަތް ލިބިވަޑައިގަންނަވާނީ ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށެވެ.
ޕަރފިއުމަރީން ވިއްކަމުންދާ ސެންޓުގެ ތެރޭގައި ގިނަ ބްރޭންޑްތަކުގެ އެކި ވައްތަރުގެ ސެންޓް ހިމެނެއެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަ ގޮތަކަށް އެ ބޭފުޅުންގެ ބޭނުންފުޅުވާ ސެންޓް ހޯއްދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ ފަރާތުން މައުލޫމާތު ދެއެވެ.
ޚާއްސަކޮށް ފާހަގަކޮށްލެވޭ ކަމަކީ، ބޯޓްތަކަށް ހިލޭ ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭކަމެވެ. މިއީ ބޯޓްފަހަރުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.
މި ހިދުމަތް ހޯއްދެވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް އޯޑަރު ކުރެއްވޭނެއެވެ. އަދި އިތުރު މައުލޫމާތު ހޯއްދެވުމަށް އެ ޕްލެޓްފޯމްތައް މެދުވެރިކޮށް މެސެޖް ކުރެއްވުމަށްވެސް އެ ފަރާތުން އިލްތިމާސް ކުރައްވައެވެ.
https://www.facebook.com/share/1BcgsJFxWh/?mibextid=wwXIfr
https://www.instagram.com/perfumerymv._?igsh=MW9jMW9ueTJ5a3QzdA==
ޕަރފިއުމަރީގެ ވެރިންގެ ފަރާތުން ހާމަކުރެއްވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި އިތުރު ގިނަ ބްރޭންޑްތަކެއްގެ ސެންޓް ގެނައުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ކަސްޓަމަރުންނަށް ޚާއްޞަ ޑިސްކައުންޓް ޕްރޮމޯޝަންތަކެއް ވެސް ކުރިއަށް އޮތް ތަނުގައި ގެނެވޭނެ ކަމަށް އެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ.
ކޮމެންޓް