ޓޮޓެންހަމުން ބާންލީ ބަލިކޮށްފި

ޓޮޓެންހަމުން ބާންލީ ބަލިކޮށްފި

މޮޅާއެކު ޓޮޓެންހަމް އޮތީ ލީގު ތާވަލްގެ ފަސް ވަނައިގައި

އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވެއްޖެ އެވެ.

ލީގުގައި ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގައި ބާންލީ އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ބާންލީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ސެންޑާ ބާޖް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖަކޯބް ބްރޫން ލާސެން އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ޓޮޓެންހަމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕެޑްރޯ ޕޮރޯ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ބްރެނާން ޖޯންސަން އެވެ. މެޗުން ޓޮޓެންހަމް މޮޅުވީ 82 ވަނަ މިނެޓުގައި މިކީ ވެން ޑެ ވެން ޖެހި ލަނޑުންނެވެ. އެއީ ޖޭމްސް މެޑިސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މޮޅާއެކު ޓޮޓެންހަމް އޮތީ ލީގު ތާވަލްގެ ފަސް ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 36 މެޗުން 63 ޕޮއިންޓު ހޯދައިގެންނެވެ. ޓޮޓެންހަމްގެ ކުރިން ހަތަރު ވަނައިގައި އޮތީ އެސްޓަން ވިލާ އެވެ. ޓޮޓެންހަމާ އެއް އަދަދަކަށް މެޗު ކުޅެގެން އެ ޓީމަށް ލިބެނީ 67 ޕޮއިންޓެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.