ކުޅިވަރުގެ އެކި ރޮނގުން މީހުން ތަމްރީން ކުރަން އިންޑީއާއަށް ފޮނުވަނީ

ވަޒީރު ރާފިއު ދިވެހި އެތްލީޓުންނާއެކު

އެތުލެޓިކްސް އަދި ޓޭބަލް ޓެނިސް ކަހަލަ ކުޅިވަރުތަކުގެ އެތުލީޓުން ދިގު މުއްދަތަށް އިންޑީއާގައި ބަހައްޓައިގެން ތަމްރީން ކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނު

ކުޅިވަރުގެ އެކި ރޮނގުތަކުން މީހުން ތަމްރީންކުރަން އިންޑިއާއަށް ފޮނުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނީ އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރްއާއެކު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ކުރިއަށްގެންދެވި ބައްދަލުވުމުގަ އެވެ.

ކުޅިވަރު ވުޒާރާގައި އޮތް މި ބައްދަލުވުމުގައި އެތުލެޓިކްސް އަދި ޓޭބަލް ޓެނިސް ކަހަލަ ކުޅިވަރުތަކުގެ އެތުލީޓުން ދިގު މުއްދަތަށް އިންޑީއާގައި ބަހައްޓައިގެން ތަމްރީން ކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ. އަދި މީގެ އިތުރުން ކުޅިވަރުގެ އެކި ދާއިރާތަކުން މީހުން ތަމްރީންކުރުމަށް ކުރެވިދާނެކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ހުށަހެޅުއްވި ކަންކަން ހަމަޖައްސައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް އިންޑީއާ ސަފީރު މުނޫ މަހާވަރް ވިދާޅުވި އެވެ. އަދި ޒަމާނުއްސުރެ ކުޅިވަރުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ތަރައްޤީ ކުރުމާ ގުޅޭގޮތުންވެސް ވަނީ މި ބައްދަލުވުމުގައި މަޝްވަރާކުރެވި އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.