ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ބްރޯޑްކާސްޓިން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމުގެ 2 މަގާމު ހުސްވެފައިވާތީ އެ ކޮމިޝަންގެ މެންބަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު އަލުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ވަނީ މި މަހުގެ 18 ވަނަ ދުވަހު ވެސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. ނަމަވެސް އަލުން އެ ފުރުސަތު ހުޅުވާލާފައި ވަނީ ކުރިން ކުރި އިއުލާން ބާތިލުކުރުމަށްފަހުގައެވެ.

ރައީސް އޮފީހުން ބުނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 9 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުން ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންއަށް 2 މެންބަރު ހޯދުމަށް ހުޅުވާލާފައިވާ އިރު، އެންމެ އަވަހަށް މެންބަރު ކަމުގެ މުއްދަތު ހަމަވަނީ އެ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފްގެ އެވެ. އެ ދެ ބޭފުޅުންގެ ފަސް އަހަރުގެ ދައުރު އަންނަ މަހުގެ 5 ގައި ހަމަވާނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.