ކައުންސިލްއިން ގަސްއިންދަނީ
ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގެ މިސްކިތްތައް ޒީނަތްތެރިކޮށް، އާރާސްތުކުރުމުގެ މަސައްކަތް ކައުންސިލުން ވަނީ ފަށައިފައެވެ.
މިގޮތުން ހުޅުމާލޭގައި ހުންނަ އަލްޘާނީ މިސްކިތުގައި ގަސް އިންދުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ. އަދި މިސްކިތުގެ ވަށައިގެން ޒީނަތްތެރި ގަސްތައް އިންދުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.
މީގެއިތުރުން، ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަޒީޒް މޫސާގައި ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި، ކަތުރުފަނި އަޅާފައިވާ މިމްބަރު ބަދަލުކުރުމުގެ މަސައްކަތް ވަނީ ނިންމާލެވިފައެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ވެސް މިސްކިތްތައް އާރާސްތުކޮށް، ރީތިކުރުމަކީ ކައުންސިލުން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެކެވެ. މިކަމުގެ ސަބަބުން ނަމާދުކުރާ ފަރާތްތަކަށް އިތުރު ހިތްހަމަޖެހުމަކާއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިސްކިތްތަކުގައި ކުރަމުންދާ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް