މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އޭޑީބީ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ބައްދަލުވުމުގެ ތެރެއިން

ސަރުކާރުގެ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ތަންފީޒުކުރުމުގެ ސްޓްރެޓެޖީއާއި، މާލީ ގޮންޖެހުންތަކާއި، ކުރިއަށްދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ ޕްލޭންތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވާފަ

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އަދި އެ މިނިސްޓްރީގެ އިސް ބޭފުޅުން މިއަދު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ (އޭޑީބީ) އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ސަރުކާރުގެ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ތަންފީޒުކުރުމުގެ ސްޓްރެޓެޖީއާއި، މާލީ ގޮންޖެހުންތަކާއި، ކުރިއަށްދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ ޕްލޭންތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މިނިސްޓަރގެ އިތުރުން މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ އިބްރާހީމް ތޯއާމް މުޙައްމަދު، ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލް، ޗީފް އެކައުންޓްސް އެގްޒެކެޓިވް ނާޞިރާ މޫސާ، އަދި ޓެކްނިކަލް ޓީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން، މި ބައްދަލުވުމުގައި އޭޑީބީގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. ޖަސްޓިން ޑިއޯކޯ-ސިކަޓް އަދި އެ ބޭފުޅުންގެ ޓީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އިތުރަށް މަޝްވަރާކުރެވުނީ މިވަގުތު ހިނގަމުންދާ މަޝްރޫޢުތަކަށް ލިބިފައިވާ ކުރިއެރުންތަކާއި ގުޅޭގޮތުންނެވެ. މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އޭޑީބީގެ އެހީތެރިކަން އިތުރަށް ހޯދުމަށާއި، ދެ ފަރާތުގެ ގުޅުން ބަދަހިކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެށް ކަމުގައި ބެލެވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.