ޑޮލަރު ވިއްކުމުގެ ސްކޭމްތަކެއް ހިންގަމުން ދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ

ފުލުހުން ހިއްސާކޮށްފައިވާ މެސެޖް

ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ކުރުމުގައި އިތުބާރުހުރި ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާއި މުއާމަލާތް ކުރުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅު ކަމަށް ފުލުހުންވަނީ ބުނެފަ

ޑޮލަރު ވިއްކުމުގެ ސްކޭމްތަކެއް ހިންގަމުން ދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ އަމަލުތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ކުރުމުގައި އިތުބާރުހުރި ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާއި މުއާމަލާތް ކުރުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅު ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަވަނީ ބޮޑުވެފައެވެ. އެކަމުގައި ގިނައިން ބިދޭސީން ހަރަކާތްތެރިވާއިރު ޓެލެގްރާމް، ފޭސްބުކް، ވައިބާ ފަދަ ކޮމިއުނިޓީތަކުގައި މިފަދަ ސްކޭމްތައް ހިންގާ މިންވަރުވަނީ އިތުރުވެފައެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގައި ގިނައިން ހަރަކާތްތެރިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.