އަބްދުއްރަހީމް އަބްދުﷲ
ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލްގެ ޚިދުމަތްތަކަށް ފަޚުރުވެރިވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް އަދި އޭނާގެ ބައްޕާފުޅު އަބްދުއްރަހީމް އަބްދުﷲ ވަނީ އެކްސް ގައި ޕޯސްޓެއް ކުރައްވާފައެވެ.
މަޖިލިސް ރައީސް އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެން ފައިޞަލް ވަނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތް ކުރައްވާފައި ކަމަށެވެ. އަދި އެ މަޤާމުގައި ހުންނަވައިގެން ނަތީޖާ ނެރެދައްކަވައި، ދާއިރާގެ އިތުބާރާއި ލޯބި ހޯއްދަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ދަރިފުޅު އިބްރާހީމް ފައިޞަލަށްޓަކައި އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާ ފަޚުރުވެރިވަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ފައިޞަލަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރުކުރެއްވުމަށާއި، އުޖާލާ މާދަމާއެއް ދެއްކެވުމަށް އެދިވަޑައިގެން މަޖިލިސް ރައީސް ވަނީ ދުޢާ ކުރައްވާފައެވެ.
ކޮމެންޓް