އާއިލީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ބެލެނިވެރިންނަށް ޚާއްސަ ސެޝަނެއް މީދޫގައި ކުރިއަށް ގެންގޮސްފި

ސެޝަންގެ މެދުތެރެއިން

ގެވެށި ގުޅުންތަކާއި، ގުޅުން ބަދަހިކޮށް ދަމަހައްޓާނެ ގޮތާއި، އާއިލީ ގުޅުންތަކުގެ މުހިންމުކަމާއި ގުޅޭގޮތުން ވަނީ މައުލޫމާތުދީ ބައިވެރިންގެ ފަރާތުން މި މައުލޫއަށް ޚިޔާލު ހޯދާ ވާހަކަދައްކާފަ

ދ އަތޮޅުގައި އިޖްތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ތަމްރީނުކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދ އަތޮޅުގެ ރަށްތަކަށް ކުރަމުންދާ ދަތުރުގައި އެ އަތޮޅު މީދޫގައި ބެލެނިވެރިންނަށް އަމާޒުކޮށްގެން އާއިލީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ޚާއްސަ ސެޝަނެއް ބާއްވައިފި އެވެ.

މި ސެޝަން ނަންގަވާދެއްވާފައިވަނީ މީދޫ ކައުންސިލާއި އަތޮޅު މަދަރުސާ ގުޅިގެންނެވެ.

މި ސެޝަނުގައި ގެވެށި ގުޅުންތަކާއި، ގުޅުން ބަދަހިކޮށް ދަމަހައްޓާނެ ގޮތާއި، އާއިލީ ގުޅުންތަކުގެ މުހިންމުކަމާއި ގުޅޭގޮތުން ވަނީ މައުލޫމާތުދީ ބައިވެރިންގެ ފަރާތުން މި މައުލޫއަށް ޚިޔާލު ހޯދާ ވާހަކަދައްކާފަ އެވެ.

އެގޮތުން ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރާނެ ގޮތާއި، ދަރިންގެ ނަފްސާނީ އަދި އިޖްތިމާއީ ދޮޅަހެޔޮކަމަށް އާއިލީ ގުޅުންތައް ދޮޅަހެޔޮކަންމަތީ ދެމެހެއްޓުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މި ސެޝަންގައި ވަނީ ބެލެނިވެރިންނަށް މައުލޫމާތު ހިއްސާކޮށްފަ އެވެ.

މި ސެޝަނަކީ ގެވެށި ގުޅުންތަކާއި ބެހޭ ގޮތުން ތަފާތު އާ މައުލޫމާތުތަކެއް ލިބިގެންދިޔަ ސެޝަނެއްގެ ގޮތުގައި ބައިވެރިން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.