ވައްކަން ކުރަން އުޅުނު މީހާ ހުއްޓުވި މުއްވަޒަފަށް "މެޑަލް އޮފް ބްރޭވަރީ"

ސްޓެލްކޯގެ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހާ ހުއްޓުވުމުގައި ހަރަކާތްތެރިވި ސްޓެލްކޯގެ މުވައްޒަފަށް މެޑަލް ހަވާލު ކުރަނީ/

ސްޓެލްކޯގެ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހާ ހުއްޓުވުމުގައި ހަރަކާތްތެރިވި ސްޓެލްކޯގެ މުވައްޒަފުންނަށް އެ ކުންފުނިން މެޑަލްއާއި ހަދާނީ ލިޔުން ދީފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ރޭގެ ވަގުތެއްގައި ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު ބަޔަކު ހުއްޓުވުމަށް މަސައްކަތްކަތްކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެއް މުވައްޒަފަކަށް ސްޓެލްކޯގެ "މެޑަލް އޮފް ބްރޭވަރީ" އަރުވާފައިވާ ކަމަށެވެ.

ދެން ހަރަކާތްތެރިވި މުވައްޒަފަށް ހަނދާނީ ލިޔުމެއް އަރުވާފައިވާކަން ފާހަގަ ކުރައްވާ ފަހުމީ ވިދާޅުވީ އެ މުވައްޒަފުންގެ އަގުވަޒަންކޮށްފައި ވަނީ ހިރާހާއި ނުރައްކަލުގެ ވަގުތުގައި ދައްކުވައިދިން ހިތްވަރާއި ކެރުންތެރިކަން ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.

ފަހުމީ ވިދާޅުވީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިފަދަ ހާދިސާތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ވަރަށް ހައްސާސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، ފިޔަވަޅުއަޅަމުން ދާނެކަމުގެ ޔަގީންކަން ފަހުމީ ވަނީ ދެއްވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.