"ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް" ޕްރޮޖެކްޓުން ފެމިލީ ޕްރޮޓެކްޝަން އެޖެންސީ އާއި ބައްދަލުކުރައްވައިފި

ބައްދަލުވުމުގެ ތެރެއިން

ސޯޝަލް ސެކްޓަރއަށް ސަރުކާރުން އެކުލަވާލާ ސިޔާސަތުތަކަށް ބޭނުންވާ ޖެންޑަރ ދާއިރާގެ ތަފާސް ހިސާބު ހޯދައި ބަލަހައްޓާ ނިޒާމާއި ގުޅޭ ދިރާސާ އާއި މެދު މަޝްވަރާތައް ކުރެވުން

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ދިވެހި ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް" ޕްރޮޖެކްޓް ޓީމުގެ ފަރާތުން ފެމިލީ ޕްރޮޓެކްޝަން އެޖެންސީ އާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމުގައި އިޖުތިމާއީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފާއި، ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާޢިލް ޢަލީ އާއި ފެމިލީ ޕްރޮޓެކްޝަން އެޖެންސީގެ ސީ.އީ.އޯ އާމިނަތު ޝިރާނީ ނަޢީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ފެމިލީ ޕްރޮޓެކްޝަން އެޖެންސީ އާއި ގުޅިގެން، މި މަޝްރޫޢިން ހާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމެވެ. އެގޮތުން ސޯޝަލް ސެކްޓަރއަށް ސަރުކާރުން އެކުލަވާލާ ސިޔާސަތުތަކަށް ބޭނުންވާ ޖެންޑަރ ދާއިރާގެ ތަފާސް ހިސާބު ހޯދައި ބަލަހައްޓާ ނިޒާމާއި ގުޅޭ ދިރާސާ އާއި މެދު މަޝްވަރާތައް ކުރެވުނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.