ވަޒީރު ޑރ. ޝަހީމް
މުޙައްމަދުތަކުރުފާނުގެ ސިޔަރަތުން އަދުގެ ޖީލު ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ ކަމަށާއި، މުޙައްމަދު ތަކުރުފާނަކީ ހިތްވަރާއި އަޒުމުގެ މަދަރުސާއެއްކަމަށް
އިސްލާމީ ސަޤާފަތާއި ރިވެތި އާދަކާދައާއި އަޚުލާޤު ދިރިވުމަށް ރައީސް ގެންގުޅުއްވަނީ ޤައުމަށް ބޭނުންތެރި ތަސައްވުރެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަސް ފާހަގަކުރުމަށް ރޭ ހއ. އުތީމުގައި ކުރިއަށްދިޔަ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ވިދާޅުވީ ޤައުމުން ބީވެގެންދާ އިސްލާމީ ސަގާފަތާއި ރިވެތި އާދަކާދައާއި އަޚްލާގު ދިރުވުމަށްޓަކައި ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ތަސައްވުރަކީ މިއަދު ޤައުމު އިންތިހާއަށް ބޭނުންވާ ތަސައްވުރެއް ކަމަށެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މުޙައްމަދުތަކުރުފާނުގެ ސިޔަރަތުން އަދުގެ ޖީލު ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ ކަމަށާއި، މުޙައްމަދު ތަކުރުފާނަކީ ހިތްވަރާއި އަޒުމުގެ މަދަރުސާއެއްކަމަށާއި ޤައުމު ދެކެ ލޯބިވުމާއި ދީނަށް ވަފާތެރިވެ އަގީދާއަށް އަމާނާތްތެރިވުމުގެ މަތިވެރި ނަމޫނާއެއް ދެއްކެވި ޝަޚުސިއްޔަތެއްކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އުތީމަކީ ދިވެހި އުއްމަތަށް، ޒަޢާމަތެއް ނެރުއްވި މަދަރުސާއެއްކަމަށާއި ރަށް ކުޑަނަމަވެސް ފަޚުރުވެރި ތާރީޚުގައި އުތީމުގެ ނަން ލިޔެވިފައި އޮތީ ރަން އަކުރު ކަމަށެވެ. އަދި މިއަދުވެސް އެފަދަ ޝަހުސިއްތުތައް ނުނެރެވެންވީ އެއްވެސް ސަބަބެއްނެތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓް