ފުލުހުން މައްސަލަ ބަލަނީ
މި ފެށޭ އާ އަހަރާ ދިމާކޮށް މަސްތުވާތަކެތީގެ ވިޔަފާރި އިތުރުވާނެކަމަށް ބެލެވޭތީ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ އާ އަހަރާ ދިމާކޮށް ބަނގުރާ އަދި މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރި ކުރުން އިތުރުވެގެން ދާނެ ކަމަށް ބެލެވޭ ކަމަށާއި، އެހެންކަމުން ޑްރަގް އެންފޯސްމެންޓާއި، ހުޅުމާލެ ޕޮލިސް، މެރިން ޕޮލިސް އަދި ކ. އަތޮޅު ޕޮލިސް ސްޓޭޝަނާ ގުޅިގެން ޑިސެމްބަރު 24 ވަނަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ މި އޮޕަރޭޝަނުގައި ހުޅުމާލެ ފަޅުތެރެ ޕެޓްރޯލް ކުރާނެ ކަމަށާއި، ބަނގުރާ ވިއްކާ ކަމަށް ޝައްކުކުރެވޭ ކެފޭ ރެސްޓޯރެންޓުތައްވެސް ބަލާ ފާސްކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމެންޓް