ރާއްޖޭގެ ކެންސަރު ހޮސްޕިޓަލަށް އެހީ ހޯދަން، އެޓޮމިކް އެނާޖީ އެޖެންސީގައި ބައިވެރިވަނީ

ޚާރިޖީ ވަޒީރު މޫސާ ޒަމީރު

ބޭނުންވާ ބައެއް ކަހަލަ އިކުއިޕްމެންޓް ހޯދުމާއި މީގެ ވޭސްޓް މެނޭޖްމެންޓް ކުރުމާއި މި ކަންކަމަކީ އަސްލުގައި އައިއޭއީއޭގައި މެންޑޭޓުގެ ތެރޭގައި ހިމެނިފައިވާ ކަމެއްކަމަށް ވިދާޅުވި

ރާއްޖޭގައި އަޅާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތުގައި އެހީ ހޯދުމަށް، އދ.ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ)ގައި ބައިވެރިވާން ސަރުކާރުން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ ރާއްޖޭގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި މިކަންތައް ރާއްޖެއަށް މުހިންމު ވެފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެޖެންޑާގައި ކެންސަރު ހޮސްޕިޓަލެއް ގާއިމް ކުރުން އޮތްއިރު، އެކަމަށް ބޭހާއި އިކުއިޕްމެންޓް ހޯދަން އެޓޮމިކް އެޖެންސީގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

"އެކަމަށްޓަކައި މިހާރު މި ޒަމާނުގެ މެޑިސިންގައި ވަރަށް ބޮޑަށް ބޭނުންވޭ އެޓޮމިކް އޭޖެންސީގެ އެހީތެރިކަން އެއީ މިކަމަށް ބޭނުންވާ ބައެއް ކަހަލަ އިކުއިޕްމެންޓް ހޯދުމާއި މީގެ ވޭސްޓް މެނޭޖްމެންޓް ކުރުމާއި މި ކަންކަމަކީ އަސްލުގައި އައިއޭއީއޭގައި މެންޑޭޓުގެ ތެރޭގައި ހިމެނިފައިވާ ކަމެއް" ޒަމީރު ވިދާޅުވިއެވެ.

ރާއްޖެއިން ންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީގައި ބައިވެރިވެގެން ލިބެން ހުރި ފައިދާތައް ހޯދަން ޖެހޭ ކަމަށް ގަބޫލު ކުރެވޭ ކަމަށް ޒަމީރު ވިދާޅުވިއެވެ. މިކަން ދެން ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި އަދި މަޖިލީހުން ފާސް ވުމުން އެކަމުގައި ކުރިއަށް ހުރި މަސައްކަތްތައް ކުރެވޭނެ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.