ގދ.ގައްދޫ
ގދ. ގައްދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ގަމަށް މިއަދު ހެނދުނު ދިޔަ އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ފުލުހުން ދަނީ ހޯދަމުންނެވެ.
ފުލުހުން މިނެޓްސްއަށް މައުލޫމާތު ދެއްވި ގޮތުގައި، މިއަދު ހެނދުނު 9:30 ހާއިރު ގަމަށް ދިޔަ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނާ އެނބުރި ރަށަށް އައިސްފައި ނުވާތީ، އޭނާ ގެއްލުނު ކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
"10 ޖުލައި 2025 ވަނަ ދުވަހު 9:30 ހާއިރު ގދ. ގަމަށް ދިޔަ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނަކު އެނބުރި ރަށަށް އައިސްފައިނުވާތީ އަދި ފޯނަށް ނުގުޅޭ މައްސަލައިގައި މިއަދު 17:05ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވޭ،" ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު ފަސްގަޑި ފަހުންނެވެ. އަދި ފުލުހުން ވަނީ ވަގުތުން ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ގެއްލިފައިވާ މީހާ ހޯދުމަށް ފުލުހުންގެ ޓީމެއް މިހާރު ވަނީ ސަރަޙައްދަށް ފޮނުވާފައެވެ. އަދި އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އިތުރު މައުލޫމާތު އަންނަނީ ………..
ކޮމެންޓް