ސަލާމަތީ މަޖިލީހުގެ އިސްލާހީ މަޝްވަރާތައް އަލުން ދިރުވައި އާލާކުރުމަށް އ.ދ.ގެ އާންމު މަޖިލީހުން ނިންމި ނިންމުމެއް ފާސްކޮށްފި

ރާއްޖެ އ.ދގައި

ދެން އޮންނަ އެ މަޖިލީހުގެ ސެޝަންގައި އިންޓަރ ގަވަންމެންޓަލް ނެގޯސިއޭޝަންތައް ކުރިއަށް ގެންދިއުމަށް

އ.ދ. ގެ ސަލާމަތީ މަޖިލިސް އިސްލާހުކުރުމާ ގުޅޭ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށް ގެންދިޔަ މަޝްވަރާތައް އަލުން ވަރުގަދަ ކުރުމުގެ މަގުސަދުގައި އޯރަލް ޑިސިޝަންއެއް ފާސްކޮށްފިއެވެ.

މި ނިންމުމުން ސަލާމަތީ މަޖިލީހުގެ މިހާރުގެ އެކުލަވާލެވުން ދުނިޔޭގެ ސިޔާސީ މަސްރަހާއާ އެއްގޮތް ނުވާ ކަމުގެ ކަންބޮޑުވުންތައް އިތުރުވަމުންދާ ކަމަށް ދައްކުވައިދެއެވެ.

އާންމު މަޖިލީހުން ނިންމީ ދެން އޮންނަ އެ މަޖިލީހުގެ ސެޝަންގައި އިންޓަރ ގަވަންމެންޓަލް ނެގޯސިއޭޝަންތައް ކުރިއަށް ގެންދިއުމަށެވެ. މި ނިންމުމަކީ ސަލާމަތީ މަޖިލީސް އިސްލާހުކުރުމުގެ ބޭނުންތެރިކަމާ މެދު ގިނަ ގައުމުތަކެއްގެ އެއްބަސްވުން އޮތްނަމަވެސް އިސްލާހީ މަސައްކަތް ލަސްވެފައިވަނިކޮށް މި މަސައްކަތަށް އައު ހަކަތައެއް ދިނުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިތަކާއި ދާއިމީ ނޫން ގޮނޑިތައް ވެސް ފުޅާކުރުމަށް ތާއީދުކުރާކަން ތަކުރާރުކޮށް، މި ނިންމުން ފާސްކުރުމުގައި ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން އިން ވަނީ އާންމު މަޖިލީހުގެ ކޮންސެންސަސް ގައި ބައިވެރިވެފަ އެވެ. ދިވެހިރާއްޖެ އިން ވަނީ ހުރިހާ ސަރަހައްދުތަކަށް، އަދި ޚާއްސަކޮށް ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) އަށް އިންސާފުވެރި ތަމްސީލެއް ކަށަވަރުކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައި، ޑިމޮކްރެޓިކް، ހާމަކަން ބޮޑު، ޖަވާބުދާރީވާ ސަލާމަތީ މަޖިލީހަކަށް ވަކާލާތުކޮށްފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.