އޮޓޮޕްސީ ހެދުމަށްފަހު އަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެނެސްފި

އަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ފޮނުވައިލުން

އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ހަމަލާދީ މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު އެނބުރި ރާއްޖެ ގެނެސްފިއެވެ.

މިކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އޮޓޮޕްސީ ހެދުމަށްފަހު އަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ޖުލައި 23 ވަނަ ދުވަހު ކަމަށާއި، އެ ދުވަހުގެ 19:50 އެހާކަންހާއިރު ހަށިގަނޑު މޯޗަރީ އަށް ލާފައިވާކަމަށެވެ.

އަބްދުއްރަހްމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާގެ ތިރުވަނަންތަޕުރަމް އަށް ފޮނުވާލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަބްދުއްރަހްމާން އަށް ހަމަލާދީފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ދަންވަރު ވަގުތެއްގައި އަބްދުއްރަހްމާން ނިދާފައި އޮއްވައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އަބްދުއްރަހްމާން ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ބޮލުގެ ބޮޑުބައި ޗިސްވެފައިވާ އިރު، އޭނާ މަރަށް ތެޅެނިކޮށް ފެނިފައި ވަނީ އޭނާގެ އަންހެނުންނަށެވެ. އޭނާގެ ތިން ދަރިން ތިބި އިރު އޭރު އެއްވެސް ދަރިއަކު ރަށުގައި ނެތެވެ.

އަބްދުއްރަހްމާންގެ މަރުގެ ހާދިސާއާ ގުޅިގެން އެ ރަށު މީހަކު ބުނީ، އެމީހާއަކީ މީހުންނަށް ވެސް ރަނގަޅު މީހެއް ކަމަށާއި، އަބްދުއްރަހްމާންއާ އެއްވެސް މީހަކާ މައްސަލައެއް ޖެހިފައި ނުވަތަ ރުޅިވެރިކަމެއް އޮތް ކަމެއް ވެސް ނޭނގޭ ކަމަށެވެ. މި މައްސަލަ އާ ގުޅިގެން އަބްދުއްރަހްމާންއަށް އެވަރުގެ އަނިޔާއެއްދީފައި ވަނީ އޭނާ މަރާލަން ކަމަށް ބެލެވޭ ކަމަށް ވެސް އެ ރަށު މީހުން ބުނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.