މަތީ ތަޢުލީމް ޙާޞިލްކުރުމުގައި އާބަން ޑިވޮލޮޕްމަންޓް މުހިންމު: ވަޒީރު އާދަމް ޝަރީފު

ވަޒީރު އާދަމް ޝަރީފް ވާހަކަފުޅު ދައްކަވަނީ

ޓެކްނޮލޮޖީ ނުވަތަ ފަންނިއްޔާތުގެ ސަބަވުން މި އައި ކުރިއެރުންތަކާއެކު ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި އޭގެ ފަސޭހަކަން ކިޔެވުމުގައި ބޭނުންކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި

މަތީ ތަޢުލީމް ޙާޞިލްކުރުމުގައި އާބަން ޑިވޮލޮޕްމަންޓް މުހިންމު ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ވިލާ ހައި ސުކޫލުގެ 2024 ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ޓެކްނޮލޮޖީ ނުވަތަ ފަންނިއްޔާތުގެ ސަބަވުން މި އައި ކުރިއެރުންތަކާއެކު ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި އޭގެ ފަސޭހަކަން ކިޔެވުމުގައި ބޭނުންކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކިޔެވުގައި މަސައްކަތްތެރިކަމުގެ ކޮންމެވެސް ރޮނގަކުން ކޮންމެ ކުއްޖަކު ވެސް ދަސްވެނިވުން މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ކިޔެވުމުގެ ރާސްތާ ފަށައިގަންނަންވީ ދިރިއުޅުން އާރާސްތު ކުރެވިދާނެ ކޮތަކަށްތޯ، ނުވަތަ އިހުގެ މީހުން ދަސްކުރި އެއްޗެހި ރިޕީޓުކުރާނީތޯ ސުވާލު އުފައްދަވައިފައި ވެސް ވެއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގައި އަޅުގަނޑުމެންގެ ތަރައްޤީއަކީ ކޮބައިތޯ ވެސް އައްސަވައި ސުވާލުކުރެއްވިއެވެ.

ރޭ ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ހޯލުގައި އޮތް މި ޖަލްސާގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ކޮންމެ ދުވަހަކު ރާއްޖޭގައި ވެސް ބޭނުން ނުވާ އެތައް ސިފަތަކެއް ފެންނަ ކަން ޤަބޫލުކުރަން ޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

2024 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމަށް ވިލާ ހައި ސުކޫލުން ބޭއްވި މި ރަސްމިއްޔާތުގައި ވަޒީރު ވަނީ " ޕެއަރސަން ޑިޕޮލޮމާ ލެވެލް 3" ވިލާ ކޮލެޖުން ދެމުން އަންނަ މަތީ ތަޢުލީމުގެ ތެރޭގައި ހިމެނުމުން އެ ކަމަށް ޓަކައި ވިލާ ކޮލެޖަށް މަރުޙަބާ ދަންނަވައިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.