ހިތްވަރާ އެއްކޮށް ކުރިމަތި ލައިފިކަމުގައި ވަނީ ނަމަ ނުވާނެ އެއްވެސް ކަމެއް ނެތް: ސުދުފާ

ސުދުފާ އިންޓަވިއު ދެއްވަނީ

ސުދުފާ އަކީ ރައްޔިތުނާއި ވަރަށް ގާތުން މަސައްކަތް ކުރާ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އަކީ މި ސަރުކާރުގައި އެންމެ ބޮޑު މެންޑޭޓެއް ލިބިފައިވާ އެއް ވުޒާރާއެވެ. އެ ވުޒާރާގެ މެންޑޭޓު ކުރުގޮތަކަށް ކިޔާދެންޔާ ބުނެވޭނީ އިދާރީ ދާއިރާތަށް ތަރައްޤީ ކުރުމާއި އިދާރީ ދާއިރާތަށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހިންގުމުގެ ސިޔާސަތުތަށް ކަނޑައަޅައި ހިންގުން، އިދާރީ ދާއިރާތަކުގައި ޕަބްލިކް ވޯރކްސްގެ ޙިދުމަތް ދިނުމާއި ސިޔާސަތު ކަނޑައެޅުން، ކޮމިއުނިކޭޝަން ދާއިރާތަކުން ސަރުކާރުން ބޭނުންވާ މަޝްރޫއުތަށް ރާވާ ހިންގުން، ކޮމިއުނިކޭޝަން އޮތޯރިޓީގެ ގާނޫނުއާއި އެއްގޮތްވާ ގޮތުގެ މަތިން ޓެލެކޮމިއުނިކޭޝަން އާއި ރޭޑިއޯ ކޮމިއުނިކޭޝަން ކަންކަން ރެގިއުލޭޓްކުރުން މެންޑޭޓްގައި ހިމެނެއެވެ.

ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތް ކުރަންޖެހޭ ވުޒާރާއެކެވެ. އެގޮތުން އެ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ފާތިމަތު ސުދުފާ އާއި މިނެޓްސް އޮންލައިންގެ ސިޔާސީން ޕްރޮގްރާމުން ބައްދަލުކޮއްލީމެވެ.

ސުދުފާ މައުލޫމާތު ދިން ގޮތުގައި މި ބޮޑު މެންޑޭޓް އޮތް ވުޒާރާގައި ޅ އަތޮޅުގެ ކްލަސްޓަރ ހެޑް އެއްގެ ގޮތުގައި، ޑަބްލިއުޑީސީ ތަރައްޤީ ކުރުން އަދި ހެޕިނެސް އިންޑެކްސްގައި ސުދުފާ މަސައްކަތް ކުރަމުންދެއެވެ.

ޅ އަތޮޅުގެ ކްލަސްޓަރ ހެޑްގެ ގޮތުގައި ސުދުފާ ދަނީ ކައުންސިލްތަކާ، ވެމްކޯ އަދި އާރްޑީސީ ފަދަ ހިދުމަތް ފޯރުކޮއްދޭ ކޯޕަރޭޝަންތަކާއެކު މެދުވެރިއެއްގެ ރޯލު އަދާކުރެއެވެ. އަދި އެހެނިހެން ވުޒާރާތަކާއެކުވެސް މެދުވެރިއެއްގެ ރޯލު ކުޅެދެއެވެ.

ޑަބްލިއުޑީސީ ތަރައްޤީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ރޭވިފައެވެ. އެގޮތުން ޑަބްލިއުޑީސީ ބާރުވެރިކުރުމަށް ޓްރެއިނިންގ ތަކާއި އެވެއަރނެސް ސެޝަންތަށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ހުރިހާ ސެޝަންތަކާއި ޓްރެއިނިންގ ތަކަކީ ފޯކަސްޑް އަދި ފަންނީ ގޮތުންނާއި އިލްމީ ގޮތުން ޑަބްލިއުޑީސީ ބާރުވެރި ކުރުމަށް ފޯރުކޮއްދެވޭނެ ޓްރެއިނިންގ ކަމަށް ސުދުފާ ވިދާޅުވިއެވެ. ސުދުފާ ވިދާޅުވި ގޮތުގައި ޑަބްލިއުޑީސީއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެއީ ޑަބްލިއުޑީސީގެ މެންބަރުން ޕާރޓް ޓައިމްކޮށް މަސައްކަތް ކުރައްވާތީ މަސައްކަތް އެއްކޮށް ފުރިހަމަ ނުވާ ކަމަށް ސުދުފާ ހިއްސާ ކުރިއެވެ. މި ކަންތައްތަކަކީ މާލެ ސިޓީ ކައުންސިލްއާއި ބޭއްވުނު ބައްދަލަވުމުގައިވެސް ހިއްސާކޮށްފައިވާ ގޮންޖެހުންތަކެއް ކަމަށް ސުދުފާ ފާހަގަކުރެއްވިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އާއެކު މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ސުދުފާ ވިދާޅުވިއެވެ. ވަޒީރަކީ މުވައްޒަފުންނާއި ގުޅިގެން، މުވައްޒަފުން މަސައްކަތް ކުރަން ބޭނުންވާ ދާއިރާތަކުން ފުރުސަތު ހޯއްދަވައިދެއްވާ ބޭފުޅެއްކަމަށް ސުދުފާ ހާމަކުރިއެވެ. އަދި ވަޒީރަކީ ލިބިވަޑައިގެން ޖަވާހިރެއް ކަމަށް ސުދުފާ ސިފަކުރެއްވިއެވެ. ވަޒީރު އާދަމް ޝަރީފް ޢުމަރު، ވުޒާރާ އާއި ހިންގުމާއި ހަވާލުވުމާއެކު ދަނީ އެކި ރަށްރަށަށް ޒިޔާރަތް ކުރައްވާ ކައުންސިލްތަކަށް ދިމާވާ ދަތި އުނދަގޫތަށް ބައްލަވަމުންނެވެ. އަދި އެކަމަށް ހައްލުތަށް ހޯއްދަވައިދެއްވަމުންނެވެ.

ސުދުފާ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެވުނީ 2013 ގައި ލަންކާގައި ދިރިއުޅެމުން ދަނިކޮށް ޕީޕީއެމް ލަންކާ ޖަގަހައަށް ކުރެވުނު ޒިޔާރާތަކަށް ފަހުގައެވެ. އެގޮތުން، އިވެންޓްތަކަށް ދަމުން ސިޔާސީ ހަރަކާތަށް އަމަލީ ގޮތުން މަސައްކަތްކުރަން ލިބިވަޑައިގެންނެވި ކަމަށް ސުދުފާ ވިދާޅުވިއެވެ. އޭރުގައި ވެރިކަމުގައި ނެތުމުން ވަރަށް ގިނަ ބުރަ މަސައްކަތްތަކެއް ކުރަމުން ރީ-ރެޖިސްޓްރޭޝަންއަށް ރައްޔިތުން ހޯދަން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ހަމަ ލަންކާގައި 2018 ގެ ރިޔާސީ އިންތިޙާބުގައިވެސް މަސައްކަތް ވަނީ ކުރައްވާފައެވެ. 2023 ގެ ރިޔާސީ އިންތިޚާބުގައިވެސް ސުދުފާ ވަނީ ވަރަށް ހަރަކާތްތެރިކޮށް އުޅެފައެވެ. އެގޮތުން ހެނދުނު ދާއިރާގައި މަސައްކަތްކޮށްފައި ރޭގަނޑު ޖަގަހައިގައި މަސައްކަތްކުރި ކަމަށް ސުދުފާ ވިދާޅުވިއެވެ.

IMG_5636.JPG

ޕީއެންސީ ތެރޭގައި މިވަގުތު އަންހެނުންގެ ގޮފި ނެތް ކަމުގައިވީ ނަމަވެސް ޕީއެންސީން ވަނީ އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ފޯރުކޮށްދެވިފައިވާ ކަމަށް ސުދުފާ ހިއްސާކުރިއެވެ. އެގޮތުން ޕާޓީގެ ސްޕޯކްސްޕާރސަން އަދި ސެކްރެޓަރީ ޖެނެރަލް އަކީ އަންހެނުން ކަމަށް ސުދުފާ ފާހަގަކުރިއެވެ.

"ކޮންމެ ކަމެއްގައިވެސް ހުންނާނެ ގޮންޖެހުންތަކެއް، މުޖުތަމައު ދެކޭގޮތަށް ބަލާފައި ކުރިޔަށް ދާން ބޭނުންވަނީ ކަމުގައި ވާނަމަ، އެކަންތަށްތަށް އެއްފަރާތް ކޮއްފަ، ހިތްވަރާ އެއްކޮށް ކުރިމަތި ލައިފިކަމުގައި ވަނީ ނަމަ ނުވާނެ އެއްވެސް ސަބަބެއް ނެތް. އޭގެ ހެކި އަޅުގަނޑުމެންނަށް ސަރުކާރަށް ބެލިކަމުގައިވީ ނަމަވެސް ފެންނަން އެބަހުރި" ސުދުފާ އަލަށް ސިޔާސީ ދާއިރާއަށް ނުކުންނަން ބޭނުންވާ އަންހެން ބޭފުޅުންނަށް ވިދާޅުވިއެވެ.

ސުދުފާއާއި ބައްދަލުކޮއްލެވުނީ ސަމަރ މޯލްޑިވްސް ހޮޓެލްގެ ހިތްގައިމު މާހައުލުންނެވެ. އެގޮތުން ސަމަރ ކްލައުޑް ރެސްޓައުރަންޓް އަކީ ވަރަށް ހިތްގައިމު މާހައުލެއް އަދި އެހާމެ ރީތި މަންޒަރަކާއެކު ކެއުމެއް ނުވަތަ ބުއިމެއް ބައްލަވާލަން އިހްތިޔާރުކޮއްލަން ރަނގަޅު ރެސްޓައުރަންޓެކެވެ. އަދި ސަމަރ މޯލްޑިވްސް ހޮޓަލކީ ހިތްގައިމު ރޫމްތަކާއެކު އެހާމެ ފުރިހަމަ ހިދުމަތް ތަކެއް ފޯރުކޮއްދޭ ހޮޓެލްއެކެވެ.  

 

20240707_224633.jpg

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.