އައިޝަތު ޖެނިފާ
ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އައިޝަތު ޖެނިފާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، އޭނާއަށް ވަޒީފާ އަލުން ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމް ތަންފީޒު ކުރުން ހައިކޯޓުން ހުއްޓުވައިފި އެވެ.
ޓްރައިބިއުނަލުން ނިންމީ ޖެނިފާ މަގާމުން ވަކިކުރީ ވަޒީފާއިން ވަކިކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން ނޫން ކަމަށާއި އޭނާ ވަކިކުރީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމަށެވެ.
ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ ގެއްލުމުގެ ބަދަލެއްގެ ގޮތުން އެއް މަހުގެ މުސާރަ އާއި އިނާޔަތްތަކަށްވާ 56،000 ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޖެނިފާ އަށް ދޭންޖެހޭނެ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައިވެ އެވެ.
ކޮމެންޓް