ޕީސީއާރު ޓެސްޓުތަކާއި ގުޅިގެން އައި.ޖީ.އެމް.އެޗްގެ ކުރީގެ 3 ވެރިއެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދިއްޖެ

ޑރ. ޢަލީ ޢަބްދުﷲ ލަޠީފް

އެ ފަރާތްތަކަކީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ. އަލީ އަބްދުﷲ ލަތީފާއި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ ބަންދު އިބްރާހީމް ސަލީމް އަދި އައި.ޖީ.އެމް.އެޗްގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ ޢަބްދުލްމުޙްސިން

ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓުތައް ހެދުމުގައި ނާޖާއިޒް ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އައި.ޖީ.އެމް.އެޗްގެ ކުރީގެ 3 ވެރިއެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅައިފިއެވެ.

އޭސީސީން ބުނެފައިވަނީ އެކޮމިޝަނުން ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅާފައިވާ ފަރާތްތަކަކީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ. އަލީ އަބްދުﷲ ލަތީފާއި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ ބަންދު އިބްރާހީމް ސަލީމް އަދި އައި.ޖީ.އެމް.އެޗްގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ ޢަބްދުލްމުޙްސިން އަށެވެ.

މި ތިން މީހުންނަށް ދަޢުވާ ކުރަން ފޮނުވާފައި ވަނީ ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް"، އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދި ކަމަށް ބުނެއެވެ. އެއީ އާރު.އެމް.އެލް.އެސް ލެބް ސަރވިސަސް މެދުވެރިކޮށެވެ.

މީގެއިތުރުން ވަކި މައްސަލައެއްގެ ގޮތުގައި ޑރ. ޢަލީ ޢަބްދުﷲ ލަޠީފް، އާރު.އެމް.އެލް.އެސް ލެބް ސަރވިސަސް ބޭނުންކޮށްގެން މަނީލޯންޑަރ ކުރި މައްސަލައެއް ތަހުޤީޤުކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައިއެވެ.

ހަމައެއާއެކު ޑރ. ޢަލީ ޢަބްދުﷲ ލަޠީފް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާކަމަށް ތަހުޤީޤީ ހޯދުންތަކުން ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަހްޤީޤުކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވާފައިވާކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.