ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށް އިތުބާރު ދެމެހެއްޓުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް

ގޭންގް ކުށްތަކުގެ ބިލް ތަސްދީގު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށް އިތުބާރު ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާއި ގުޅުވައިގެން "އެކްސް" ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގައި، މުހިންމު ކަމެއްގެ ގޮތުގައި ހަނދާންކުރަންޖެހެނީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ މީހަކަށްވެސް ކޮންމެ ދުވަހަކު ވެސް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އެއީ އާންމު ސިއްހަތާއި އިޤްތިސާދީ ދެމިހުރުމުގެ އަސާސްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ކާބޯތަކެތީގެ ރައްކާތެރިކަން: ޢަމަލީ މައިދާނުގައި ސައިންސް" ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ޝިއާރުން އަލިއަޅުވާލަނީ ކާބޯތަކެތިން ޖެހޭ ބަލިތައް ދެނެގަތުމާއި ހުއްޓުވުމުގައި ސައިންޓިފިކް ދިރާސާތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށްފައިވާ އުސޫލުތަކުގެ މުހިންމުކަމުގެ މައްޗަށް ކަމަށެވެ. އަދި އަހަރެމެން ކާން ބޭނުންކުރާ ތަކެތި ރައްކާތެރި، ފައިދާހުރި އަދި އިތުބާރުކުރެވޭ ތަކެތި ކަމުގައި ހެދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު އެމަނިކުފާނު ވަނީ މީގެ އެއްއަހަރު ކުރިން ތަސްދީގުކުރައްވާފައެވެ.

ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ރާއްޖެއަށް އިމްޕޯޓުކުރާ އަދި ރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ސިއްހަތަށް ފައިދާހުރި، އަދި އާންމު ސިއްހަތަށް ގެއްލުން ނުވާފަދަ ތަކެތިކަން ކަށަވަރުކުރުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ގާނޫނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.