ހެދިބޮޑުވުމުގެ މަރުހަލާތަކަށް އަންނަ ލަސްކަން އަވަހަށް ދެނެގަނެވޭނެ ނިޒާމާއި ބެހޭ ގޮތުން މަޝްވަރާކޮށްފި

ބައްދަލުވުމުގައި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް

ނިޒާމުގެ ފުރަތަމަ ފިޔަވަހީގައި ހިމަނަންޖެހޭ ކަންކަމާއި އެފަދަ ލަސްވުންތައް ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކާއި މެދު މަޝްވަރާކޮށްފައިވޭ

ޞިއްޙީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވަނީ ކުޑަކުދިންނަށް ހެދިބޮޑުވުމުގެ މަރުހަލާތަކަށް އަންނަ ލަސްކަން އަވަހަށް ދެނެގަނެވޭނެ ނިޒާމުގެ ފުރަތަމަ ފިޔަވަހީގައި ހިމަނަންޖެހޭ ކަންކަމާއި އެފަދަ ލަސްވުންތައް ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކާއި މެދު މަޝްވަރާކޮށްފައެވެ.

މިގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އާއި ޞިއްޙީ ވުޒާރާ ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނޭ ގޮތަށް ހެދިބޮޑުވުމުގެ މަރުހަލާތަކަށް ލަސްކަން އަންނަ ކުދިން އަވަހަށް ދެނެގަނެ، އިންޓަރވެންޝަން ނިޒާމު އެކުލަވާލުމުގެ މަސައްކަތް ޓެކްނިކަލް ކޮމިޓީއަކުން ދަނީ ކުރަމުންނެވެ.

މި ބައްދަލުވުންތަކުގެ އަލީގައި، މި ނިޒާމު ތަންފީޛުކުރަން ފަށާނެ ތާރީޚާއި، މުޅި ޤައުމަށް މި ނިޒާމު ތަޢާރުފުކޮށް، މިކަމުގައި ޝާމިލުވާ ވުޒާރާތަކުގެ ދައުރަކީ ކޮބައިކަން ނިންމުމަށްވެސް މަޝްވަރާކުރެވިފައިވެއެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.