ފަހުން ބަދަލުކުރަން ޖެހުމުން "އުނބަށް ޖެހީއޭ" ރައްޔިތުން ބުނާނެ : ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވަނީ ސަރުކާރުން ކުރާ ކޮންމެ ކަމެއް ފަހުން ބަދަލުކުރަން ޖެހުމުން "އުނބަށް ޖެހީއޭ" ރައްޔިތުން ބުނާނެ ކަމަށެވެ.

"ގޯސްކޮށް ކޮންމެ ކަމެއް ކޮށްފައި ވެސް ބޮޑެތި ގެއްލުންތަކެއް ގައުމަށް ލިބޭ ފަހުން މަޖުބޫރުވެގެން ވެސް ރަނގަޅު ކުރާކަން އެއީ ވަރަށް ބޮޑު ނަސީބެއް،" ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިތުރަށް ވިދާޅުވީ މިހާ ހިސާބަށް ކަންކަން ދިޔައީމާ އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހޭ ކަމަށެވެ. އަދި "ތިމަންނާއަށް ހަމަ މިކަން ވާނެބާއޭ" މިގޮތަށް ސުވާލުކޮށްލަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ގައުމާއި ރައްޔިތުން ދެކެ އެއްވެސް ވަރެއްގެ ލޯތްބެއް އޮތްނަމަ ހިތާހިތުން މި ސުވާލު ކޮށްލަން ޖެހޭނެ ކަމަށެވެ. އަދި އިއާދަނުކުރެވޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ގައުމާއި ރައްޔިތުންނަށް ޓަކައި ދުރަށް ޖެހިލުން އެއީ އެންމެ ފައިދާ ހުރި ގޮތް ކަމުގައި ވެސް ވިދާޅުވިއެވެ.

މި ބަޔާން އައިސްފައިވަނީ ސަރުކާރުގެ ގިނަ ނިންމުންތަކެއް ފަހުން ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި މިކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވަމުންދާ ވަގުތެއްގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.