ފައިސަލް ވާހަކަފުޅު ދައްކަވަނީ
ންޑިއާގެ ސެލެބްރިޓީންނާއި އިންފުލުއެންސަރުން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ކަމަށާއި މިހާރު ވާހަކަދެކެވުމުންދާކަމަށް
ރާއްޖެއަށް މުހިންމު ކޮންމެ މާކެޓަކުން އެއް މިލިއަން ފަތުރުވެރިން ގެނައުމަކީ މި ފަސް އަހަރުގެ އަމާޒު ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ތިން ސިޓީއެއްގައި ބޭއްވި ރޯޑް ޝޯގެ މައުލޫމާތުތަށް ހިއްސާކުރުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފައިސަލް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ތިން ގައުމުގެ ތެރޭގައި އިންޑިއާ މާކެޓު ހިމެނޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"މިއަދުގެ ސަރުކާރުގެ ވިސްނުމަކީ އިންޑިއާ އާ އެކީގައި ވަަރަށް ގާތް ގުޅުމެއް ބާއްވައިގެން. ޗައިނާގައި އެކީގައި ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވުން. ދުނިޔެއާ ގުޅިގެން، އެކަހެރިވުމެއް ނޫން އަޅުގަނޑުމެންގެ ވިސްނުމަކީ" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ އިންޑިއާގެ ސެލެބްރިޓީންނާއި އިންފުލުއެންސަރުން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ކަމަށާއި މިހާރު ވާހަކަދެކެވުމުންދާކަމަށާއި ބައެއް އިންފުލުއެންސަރުންނަކީ 47 މިލިއަން، 50 މިލިއަން އަދި 67 މިލިއަން ވަރަކަށް ފޮލޯވަރުން ތިބި ފަރާތްތައް ކަމަށެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރަށް އިޝާރަތް ކުރައްވާ ފައިސަލް ވިދާޅުވީ އެކަމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި އިންޑިއާ އާއި ޗައިނާ ފަދަ ގައުމުތަކަކީ ދެ ސަރުކާރެއްގެ ދެމެދުގައި އޮންނަ ގުޅުމަށް ގިނަ ކަންކަން ބަރޯސާވާ ކަމެއް ކަމަށެވެ. މި ސަރުކާރުން އެ ދެ ގައުމާ އެކު ބާއްވަމުން އަންނަނީ ގާތް ގުޅުމެއް ކަމަށެވެ.
ކޮމެންޓް