ރަބީއުވިލާގެ ތަޅާލުމުގެ މަސައްކަތް ކުރިޔަށް ދަނީ
އޭޕްރީލް މަހުގެ 10ވަނަ ދުވަހުގެ ރޭ ވަނީ އަލިފާން ރޯވެފަ އަދި މެއި 10 ވަނަ ދުވަހު މަރުވެފައިވާ މީހެއް ފެނިފަ
މީހުން ދިރިނޫޅޭ ބާ އިމާރާތެއް ކަމަށްވާ މ. ރަބީއުވިލާގެ ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މި އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަމުން ދަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯރކްސްއެވެ. މިރަބީއުވިލާގެ އަކީ މީހުން ދިރިނޫޅޭތާ ގިނަދުވަސްވެ، ބޮލަށް ވެއްޓޭ ވަރަށް ބާވެފައިވާ އިމާރާތެކެވެ.
މި އިމާރާތުގައި މި އަހަރުގެ އޭޕްރީލް މަހުގެ 10ވަނަ ދުވަހުގެ ރޭ ރަބީއުވިލާގޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އަދި މޭ މަހުގެ 20ވަނަ ދުވަހު ވަނީ ހަމަ އެގެއިން މަރުވެފައި އޮތް މީހެއް ފެނިފައެވެ. މި ގެއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ބޭނުންކުރި ފަޅު ގެއެކެވެ.
އާއްމުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ 11 އިމާރާތެއްގެ ލިސްޓެއް 2019 ގައި އޭރުގެ ޕްލޭނިން މިނިސްޓްރީން އެކުލަވާލާފައި ވެ އެވެ.
ކޮމެންޓް