ބަންގްލަދޭޝްގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން
ބަންގްލަދޭޝްގައި މިހާރު ދަރިވަރުން ކުރަމުން އަންނަ މުޒާހަރާއަކީ އެގައުމުގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގައި ބައިވެރިވެފައިވާ އެގައުމުގެ ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ 30 އިންސައްތަ ދޭން ނިންމި ނިންމުމާއި ދެކޮޅަށް
ބަންގްލާދޭޝް އަށް ދާ އަދި އެ ގައުމުގެ އުޅޭ ދިވެހިން ވެސް އެ ގައުމުގައި ދަރިވަރުން ކުރަމުންގެންދާ މުޒާހަރާ އާއި ހަމަނުޖެހުންތަކަށް ސަމާލުވެ ރައްކާތެރިވެގެން އުޅެން ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ވަނީ ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް ކަންތަށް ކުރުމަށް އިލްތިމާސް ކޮށްފައެވެ. ބަންގްލާދޭޝްގައި ތިބި ނަމަ މި ވަގުތު ބޭރަށް ނުކުމެ ނޫޅުމަށާއި ރާއްޖޭގެ ހައި ކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އެދިފައެވެ.
އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ގުޅުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.
ބަންގްލަދޭޝްގައި މިހާރު ދަރިވަރުން ކުރަމުން އަންނަ މުޒާހަރާއަކީ އެގައުމުގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގައި ބައިވެރިވެފައިވާ އެގައުމުގެ ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ 30 އިންސައްތަ ދޭން ނިންމި ނިންމުމާއި ދެކޮޅަށެވެ. އެފަދަ ނިންމުމެއް އެގައުމުން ނިންމާފައިވާއިރު، ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ބަންގްލަދޭޝްގެ 170 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ފަސްބައިކުޅަ އެއްބައި މީހުންނަކީ ވަޒީފާ ނެތް މީހުންނެވެ.
ކޮމެންޓް