މައުލޫމާތު ދިނުމުގެ ސެޝަންގެ ތެރެއިން
ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ އަސާސީ ހުރިހާ ބޭހެއް ރާއްޖޭން ލިބޭނެކަން ކަށަވަރުކުރުން
ބަލްކް ޕްރޮކިއުމެންޓް ނިޒާމުގެ ތެރެއިން ފެންވަރު ރަނގަޅު ބޭސް ގެނެސް، އަސާސީ ހުރިހާ ބޭހެއް ރާއްޖޭން ލިބޭނެކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު މިނިސްޓްރީގެ މުވައްޒަފުންނަށް ދީފިއެވެ.
މި މައުލޫމާތު ސެޝަން ކުރިއަށް ދިޔައީ އެމް.އެފް.ޑީ.އޭ އެންސްޕާ އަދި އާސަންދަ އާއި ގުޅިގެންނެވެ.
މި ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ އަސާސީ ހުރިހާ ބޭހެއް ރާއްޖޭން ލިބޭނެކަން ކަށަވަރުކުރުމެވެ. އެއީ، ޔޫރަޕުގައި ބޭނުން ކުރުމަށް ހުއްދަ ދީފައިވާ ބޭސްތަކެވެ. މިހަރު އެސްޓީއޯގެ ފާމަސީތަކުން އެ ފެންވަރުގެ ހަތް ބޭހެއް ލިބޭނެ އެވެ. އެ ބޭސްތައް ދިވެހީންނަށް ފޯރުކޮށްދެނީ މިހާރު މާކެޓްގައި ހުރި އެއަށް ވުރެ ދަށް ބޭސް ވިއްކާ އަގަށް ވުރެ އެތައް ގުނައެއް ކުޑަ އަގުތަކެއްގައެވެ. ނަތީޖާއަކީ އާސަންދައަށް ބޮޑު ލުޔެއް ލިބުމެވެ.
މައުލޫމާތު ސެޝަންގައި އާސަންދައިން ވަނީ ބޭސް ގަންނަ އިރު އާއްމުންވެސް ސަމާލުކަންދޭންޖެހޭ ކަންކަމަށް އައލިއުޅާ މައުލޫމަތުދީފައެވެ. އެގޮތުން ބޭސްސިޓީގައިވާ ބެސް ގަތުމަށްފަހު ބޭހުގެ މުއްދަތު ހަމަވާ ތާރިޚް ބެލުމާއި ބެސް ހަމައަށް ހުރިތޯ ބެލުމުގެ އިތުރުން ބޭސްގަނެ ރަސީދު ހޯދަން އާދަކުރުމަށް ވަނީ އެދެފައެވެ.
ރައްޖެއަށް ގެންނަނީ ފެންވަރު ރަނގަޅު ބޭސްކަން ޔަގީންކުރާނީ އެމްއެފްޑީއޭގެ އެންމެ މަތީ މިންގަނޑުންނެވެ. އަދި، މި ޕްރޮޖެކްޓްގެ ދަށުން ރާއްޖެ ގެންނަ ބޭސްތައް ގަންނަނީ ސީދާ ބޭސް ގަންނަ ކުންފުނިންނެވެ. ބޭސް އުފެއްދުމާ ހަމައިން ފެށިގެން ބަލި މީހާގެ އަތަށް ބޭސް ލިބުމާ ހަމައަށް ރައްކާތެރިކަން ކަށަވަރު ކުރެވޭނެއެވެ. އަދި، ބޭހުގެ ފެންވަރު "ޑަބަލް ވެރިފިކޭޝަން"ގެ ތެރެއިން ޔަގީން ކުރެވޭނެ އެވެ.
މި ޕްރޮޖެކްޓް ތަންފީޒުކުރަން ނިންމާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ މިދިޔަ މަހު ތަންފިޒުކުރަން ފެށިއިރު އެންމެ ފުރަތަމަ ދައުރު ކުރަން ފަށާނީ ހަތް ބޭހެކެވެ. ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް އެކުއެކީގައި ކުރާނެއެވެ. މި މަރުހަލާގައި އިތުރު ތިން ބޭހެއް ދައުރު އިތުރުކުރެވެނެއެވެ. އެއަށް ފަހު އޮކްޓޫބަރު މަހު މި ޕްރޮޖެކްޓްގެ ދެވަނަ މަރުހަލާ ފަށައި އިތުރު ބޭސްތައް ގެނައުމަށް ވަނީ ނިންމައިފައެވެ. އެއާއެކު ރާއްޖެއަށް ބޭނުންވާ އަސާސީ ހުރިހާ ބޭހެއް މި ޕްރޮޖެކްޓްގެ ދަށުން ގެނެވޭނެކަން ޔަގީން ކުރެވޭނެއެވެ.
ކޮމެންޓް