ޕެޓޮންގްޓާން ޝިނާވަތުރާ
ޕެޓޮންގްޓާން ޝިނާވަޓްރާ އިންތިހާބުވީ 319 ވޯޓު ލިބިގެން
ތައިލެންޑްގެ އާ ބޮޑު ވަޒީރަކަށް ކުރީގެ ބޮޑު ވަޒީރު އަދި ބިލިއަނަރު ތަކްސިންގެ ދަރިކަނބަލުން ޕެޓޮންގްޓާން ޝިނާވަތުރާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އައްޔަންކޮށްފިއެވެ.
އުމުރުން 37 ޕެޓޮންގްޓާންއަކީ އޭނާގެ ދައްތަ ޔިންގްލަކްއަށް ފަހު އެ ގައުމުގެ އެންމެ ހަގު ބޮޑު ވަޒީރުގެ މަގާމު ފުރުއްވާ ދެވަނަ ބޭފުޅާއަށެވެ.
ބޮޑުވަޒީރަކު އިންތިހާބު ކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގައި ޕެޓޮންގްޓާން ޝިނާވަޓްރާ އިންތިހާބުވީ 319 ވޯޓު ލިބިގެންނެވެ. އޭނާ އާ ދެކޮޅަށް 145 ވޯޓު ދެއްވާފައިވާއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 27 މެމްބަރުން ތިއްބެވިއެވެ.
ޕެޓޮންގްޓާންއަކީ ފާއިތުވި ދެ ގަރުނުގެ ތެރޭގައި ބޮޑުވަޒީރުކަން ކުރެއްވި ޝިނާވަތްރާ ދަރިކޮޅުގެ ހަތަރުވަނަ މެންބަރެވެ. އޭނާގެ ބައްޕަ ތަކްސިންއާއި ދައްތަ ޔިންގްލަކް ހިމެނޭ ގޮތަށް ތިން މީހުން ވެރިކަމުން ދުރުކޮށްފައިވަނީ އަސްކަރީ ބަޣާވާތްތަކުން ނުވަތަ ދުސްތޫރީ ކޯޓުތަކުގެ ހުކުމްތަކުންނެވެ.
ކޮމެންޓް