ޒާރާ ވަރިވެއްޖެ !

ޝިޔާމް އާއި ޒާރާ

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު އާއި ބ. ކަމަދޫ ނެށުންތެރިޔާ އާމިނަތު ޒާރާގެ ކައިވެނި ނިމުމަކަށް އައިސްފައިވާކަން ހާމަވެއްޖެ އެވެ.

މި މަޢުލޫމާތު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަދި ސިޔާމްގެ އަރިހުގެ ބޭފުޅެއް ކަމަށްވާ މުހައްމަދު އައްބާސް އެވެ. އައްބާސް މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ކައިވެންޏަކީ އެކަކު އަނެކަކު ދެކެ ލޯބިވެގެން ކުރެވުނު ކައިވެންޏެއް ކަމަށާއި، ހަމަ އެފަދައިން އެ ދެ ފަރާތުގެ ކައިވެނި ރޫޅާލާފައިވަނީވެސް ރިވެތި ގޮތުގައި މަޝްވަރާކުރުމަށްފަހު، ސުލްހަވެރި މާހައުލެއްގައި ކަމަށެވެ.

"ސިޔާމަކީ އެއްވެސް ބޭފުޅަކާ މެދު ބޭއިންސާފުން ކަންކުރައްވާނެ ބޭފުޅެއް ނޫން. އަދި އެއްވެސް ބޭފުޅަކާ މެދު ނިކަމެތިކޮށް ކަންކުރައްވާނެ ބޭފުޅެއްވެސް ނޫން،" އައްބާސް ވިދާޅުވި އެވެ.

ސިޔާމް އާއި ޒާރާ ކައިވެނި ކުރެއްވީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް ކައިވެނި ރޫޅުނު ސީދާ ތާރީޚެއް އަދި ހާމަވެފައެއް ނުވެ އެވެ. އެހެންނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ޒާރާ އެ ދެ މީހުންގެ ކައިވެނީގެ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.

އައްބާސް އިތުރަށް ވިދާޅުވެފައިވަނީ ކައިވެނި ކުރައްވާ ކޮންމެ ދެ މަފިރިއަކަށް މުޅި އުމުރު އެކަކާ އެކު ނޫޅެވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ސިޔާމަކީ ކޮންމެ ބޭފުޅަކާ މެދުވެސް ކަންކަން ކުރައްވާނީ ލޯބިން އަދި އޯގާތެރިކަމާއެކު ކަމަށް އައްބާސް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.