ވަރާން ޔުނައިޓެޑް ދޫކޮށްލައިފި
އޯލްޑް ޓްރެފޯޑްގައި ތިން ސީޒަން ހޭދަ ކުރުމަށް ފަހު ކޮންޓްރެކްޓް ހަމަވުމުން ހޫނު މޫސުމުގައި މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލާނެ ކަމަށް، ފްރާންސްގެ ރަފައެލް ވަރާން ބުނެފިއެވެ.
އޯލްޑް ޓްރެފޯޑްގައި ތިން ސީޒަން ހޭދަ ކުރުމަށް ފަހު ކޮންޓްރެކްޓް ހަމަވުމުން ހޫނު މޫސުމުގައި މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލާނެ ކަމަށް، ފްރާންސްގެ ރަފައެލް ވަރާން ބުނެފިއެވެ.
ޑިފެންޑަރު ވަރާން ޔުނިޓެޑާ ގުޅުނީ ސްޕެއިންގެ ރެއާލް މެޑްރިޑުން 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ.
ވަރާން ޔުނައިޓެޑަށް ކުޅެދިން 93 މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. އެގޮތުން, ވެމްބްލީ ސްޓޭޑިއަމްގައި 2023 ވަނަ އަހަރުގެ ކަރަބާއޯ ކަޕް އުފުލާލިއިރު، ވަރާން ވަނީ އެ ކާމިޔާބީ ހޯދައި ދިނުމަށް އެހީތެރިވެ ދީފައެވެ.
އުމުރުން 31 އަހަރުގެ ވަރާން ޔުނައިޑެޓަށް ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، އޭނާ ޖެހި ފުރަތަމަ ލަނޑަކީ މީގެ ދެ އަހަރު ކުރިން ބްރެންޓްފޯޑް އަތުން އަމިއްލަ ދަނޑުގައި މޮޅުވި ލަނޑެވެ. އޭނާގެ ދެވަނަ ލަނޑުން ތިން ޕޮއިންޓް ލިބުނީ މި ސީޒަން ފެށުމުގެ ގޮތުން ވުލްވްސް އަތުން 1-0 އިން މޮޅުވި މެޗުންނެވެ.
މިދިޔަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ޗެލްސީ އަތުން 4-3 އިން ބަލިވި މެޗަށް ފަހު ސެންޓަ ބެކް ގެއްލުނު ނަމަވެސް އަނިޔާއިން ރަނގަޅުވުމަށް އޭނާ އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
ވަރާންއަކީ ޔުނައިޓެޑްގެ އިތުރުން ފްރާންސްގެ ގައުމީ ޓީމުގެ ޑިފެންސް ބެލެހެއްޓުމުގައި ވެސް މުހިންމު ކުޅުންތެރިއެކެވެ. އަންނަ މަހު 14 ގައި ޔޫރޯ މުބާރާތް ފަށާއިރު ވަރާންއަށް ކުޅެވޭނެކަން އަދި ޔަގީނެއް ނޫނެވެ.
ކޮމެންޓް