ރައްޔިތުންނާއި ގުޅުންހުރި ޓެކްސްތައް ބޮޑު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް މާލީ ވަޒީރު ވިދާޅުވެއްޖެ

މާލީ ވަޒީރު ޑރ. ޝަފީގު މަޖިލީހުގެ ކޮމިޓީގައި

އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސްއާއި ގްރީން ޓެކްސް ބޮޑު ކުރަން ނިންމާފައިވާ ކަމަށް

ރައްޔިތުންނާއި ގުޅުންހުރި ޓެކްސްތައް ބޮޑު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޝަފީގު ވިދާޅުވީ ދައުލަތުން ދައްކަން ޖެހޭ ދަރަނިތައް އަދާކުރުމަށްޓަކައި ބޭރު ފައިސާއިން އާމްދަނީ އިތުރު ކުރަން ޑޮލަރު ޓެކްސް ބޮޑުކުރަން ވިސްނާކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ. ޝަފީގު އިތުރަށް ވިދާޅުވީ އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސްއާއި ގްރީން ޓެކްސް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ބޭރު ފައިސާއިން ވަންނަ އާމްދަނީ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ

"ހަގީގަތުގައި ސަރުކާރުގެ ވިސްނުމަކީ އެނގިވަޑައިގަންނަވާނެ ފަދައިން ޓެކްސްތަކާއި ފީތަކުން ރައްޔިތުންނަށް އޭގެ ބުރައެއް ނުވާ ގޮތަށް ގެންދިޔުން. އެގޮތުން ބަލާއިރު ޖީއެސްޓީ، ޓީޖީއެސްޓީ، ބީޕީޓީ، ވިތުހޯލްޑިން ޓެކްސް، މިފަދަ ޓެކްސްތައް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ" ޝަފީގު ވިދާޅުވިއެވެ.

ޝަފީގް ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެެން ޓެކްސް ރޭޓްތައް ބޮޑުކޮށްފައިވާކަމަށެވެ. އަދި މި ސަރުކާރުގެ ވިސްނުމަކީ، ޓެކްސް ބޭސް ފުޅާކޮށް ދައުލަތަށް ލިބެންޖެހޭ އާމްދަނީ އިތުރު ކުރުން ކަމަށް ވެސް ޝަފީގު ވިދާޅުވިއެވެ.

ޝަފީގު ވިދާޅުވި ގޮތުގައި ސިއްހަތަށް ގެއްލުންވާ ތަކެތިން ނަގާ ޑިއުޓީ ބޮޑު ކުރަން ބޭނުންވާ ކަމަށެވެ. އަދި އޭގެ އެންމެ ބޮޑު މަޤްސަދަކީ އެ ތަކެތި ބޭނުން ކުރުން މަދު ކުރުން ކަމަށް ޝަފީގު ވިދާޅުވިއެވެ. އެގޮތުން ދުންފަތާ ގުޅިފައިވާ ތަކެއްޗާއި ވޭޕް ފަދަ ތަކެތި އިމްޕޯޓު ކުރުން މަނާކުރުމުގެ ބަދަލުގައި ޑިއުޓީ ބޮޑު ކުރުމުގެ ވިސްނުން ހުރި ކަމަށް ވިދާޅުވިއެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.