ޝާހ ހަޒާނާ
ގަރުނުތަކެއް ވަންދެން ފޮރުވިފައިވާ ތާރީޚީ ޚަޒާނާތައް ކެތެޑްރަލްއެއްގެ ތެރެއިން ހޯދައިފި
ކްރިޕްޓްތަކުން ފެނިފައިވާއިރު، ވަޅުލުމުގެ ތާޖާއި ނިޝާންތައް ހިމެނޭ ތަކެތި ނިސްބަތްވަނީ މެދު ޒަމާނުގެ ޔޫރަޕްގެ ވެރިންނަށް ކަމަށް ވެއެވެ.
ލިތުއޭނިއާގެ ވިލްނިއަސް ކެތެޑްރަލްގެ ކެޝް، 1939 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމަ ފެށުނު ފަހުން ފެނިފައި ނުވާ ކަމަށް ގޯ ވިލްނިއަސް ޓޫރިޒަމް ޕްރޮމޯޝަން އެޖެންސީން ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައިވެ އެވެ.
ތަކެތީގެ ތެރޭގައި 1461-1506 އަށް ދިރިއުޅުއްވި ޕޮލެންޑްގެ ރަސްގެފާނު އަދި ލިތުއޭނިއާގެ ގްރޭންޑް ޑޫކް އެލެގްޒެންޑަރ ޖަގިލޮން ނުވަތަ އެލެކްސަންޑްރާސް ޖޮގައިލައިޓިސް އަށް ނިސްބަތްވާ ތާޖެއް ހިމެނެއެވެ.
އެހެން ތަކެތީގެ ތެރޭގައި 1436-1505 އަށް ދިރިއުޅުނު އޮސްޓްރިއާގެ އެލިޒަބަތު ނުވަތަ އެލްޒްބިއެޓާ ހަބްސްބަރގްއިޓޭ އަށް ނިސްބަތްވާ ތާޖެއް، ޗޭނެއް، މެޑަލިއަނެއް، އަނގޮޓިއަކާއި ސަންދޯއް ފޮތިގަނޑެއް ހިމެނެއެވެ.
އަދި ބާބަރާ ރަޑްޒިވިލް ނުވަތަ ބާބޯރާ ރަޑްވިލައިޓޭ އާއި ގުޅުންހުރި ތާޖަކާއި، ދަނޑިގަނޑަކާއި، އޯބްއަކާއި، ތިން އަނގޮޓިއަކާއި، ޗޭނެއް އަދި ސަންދޯއްގެ ފޮތިގަނޑެއް ވެސްހޯދާފައި ވެއެވެ.
“ އެ ހޯދި ތަކެއްޗަކީ ލިތުއޭނިއާ އާއި ޕޮލެންޑްގެ ރަސްރަސްކަލުންގެ ވަޅުލުމުގެ ނިޝާންތަކަކީ އަގުހުރި ތާރީޚީ ޚަޒާނާތަކާއި، ލިތުއޭނިއާގެ ދައުލަތުގެ ދިގު ސަގާފަތުގެ ރަމްޒުތަކާއި، ވެރިރަށް ވިލްނިއަސްގެ ނިޝާންތަކާއި، ރަން ފަރުމާކުރުމާއި ގަހަނާގެ ޝަރަފުވެރި މަސައްކަތްތައް،”ކަމަށް ވިލްނިއަސްގެ އާރކްބިޝޮޕް ގިންޓަރަސް ގްރޫޝާސް ބުރާސްފަތި ދުވަހު ސީއެންއެންއަށް ފޮނުވި ބަޔާނެއްގައި ވިދާޅުވެއްޖެއެވެ.
އެ ތަކެތި ވަޅުލާއިރު ޝާހީ އާއިލާގެ ސާކޯފޭޖީގެ ތެރެއަށް ލާފައި، ތާޖުތައް ނުލައި، އޭގެ ބަދަލުގައި މަރުވުމަށް ފަހު ވަޅުލުމުގެ ގަބުރުގެ ބައެއްގެ ގޮތުގައި ހަދައިފައި އޮންނާނެ ކަމަށް ބަޔާނުގައިވެ އެވެ.
“މިކަމުން ދައްކުވައިދެނީ އެޒަމާނުގެ ވަޅުލުމާއި ޝަރަފުވެރިކަން ދިނުމުގެ ކަންތައްތައް،”އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ. “މި ހޯދުމަކީ އަޅުގަނޑުމެންގެ ދައުލަތުގެ ވެރިކަމަށް ވަކިން މުހިންމު ހޯދުމެއް، ވިލްނިއަސް ކެތެޑްރަލްގެ ލޮކޭޝަން ދައްކުވައިދެނީ ގްރޭންޑް ޑަޗީ އޮފް ލިތުއޭނިއާގެ ޝަޚްސިއްޔަތުންގެ ނެކްރޮޕޮލިސްގެ ގޮތުގައި.”
"މި ރަމްޒުތަކަކީ ޔޫރަޕްގެ އައިޑެންޓިޓީގެ ނިޝާނެއްގެ ގޮތުގައި، ކުރީގެ ދައުލަތުގެ ރިކްލޭމްޑް އައިޑެންޓިޓީއެއްގެ ގޮތުގައި، އަޅުގަނޑުމެންގެ މުރަކަތަކުގެ ވަރުގަދަކަމުގެ ނިޝާނެއްގެ ގޮތުގައި ދައުލަތަށް ވެސް އަދި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މުހިންމު ރަމްޒުތަކެއް،"ވިލްނިއަސް ޗާޗް ހެރިޓޭޖް މިއުޒިއަމްގެ ޑިރެކްޓަރު ރީޓާ ޕައުލިއުކޭވިޗިއުޓޭ އާރކްޑައިއޮސިސްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
މި ތަކެތި އެންމެ ފުރަތަމަ ފެނިފައިވަނީ 1931 ވަނަ އަހަރު ބަހާރު މޫސުމުގައި އުދައެރުމުން ކެތެޑްރަލް ސާފުކުރަމުން ދިޔައިރު، ވެރިންގެ ހަށިގަނޑުތައް ހުރި ކްރިޕްޓެއް ފެނިގެންނެވެ.
އެއީ 1939 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމަ ފެށެންދެން، އެތަންތަން ފޮރުވާފައި ބެހެއްޓި ތަކެތި ކަމަށް ވެސް ވިދާޅުވި އެވެ. 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދިރާސާވެރިން ކްރިޕްޓްތަކަށް ސަމާލުކަން ދިނުމުގެ ކުރިން ނަތީޖާއެއް ނެތް އެތައް ހޯދުންތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެންޑޯސްކޯޕިކް ކެމެރާއެއް ބޭނުންކޮށްގެން އެންމެ ފަހުން މި އާޓިފަކްޗަރތައް ހޯދިފައިވަނީ ޑިސެމްބަރު މަހު، ސެޕްޓެމްބަރ 1939 ގެ ނޫސްތަކައް ބިނާކޮށެވެ.
އާރކްޑައިއޮސިސް އިން ބުނާ ގޮތުގައި “ކުރިއަށް އޮތްތަނުގައި އެކަންކަން ބަލައި، އަލުން އާރާސްތުކޮށް، އާންމުންނަށް ހުށަހަޅާނެއެވެ.”
ކޮމެންޓް