ޝަމީމު ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް

ޕީޖީ ޝަމީމް

މަޖިލީހުގެ ތަޅުމަށް ފޮނުވި ސިޓީގައި ބުނާގޮތުން ޕީޖީ ޝަމީމް ވަނީ ޤާނޫނު އަސާސީ އާ ޚިލާފަށް އެތައް ކަމެއް ކޮށްފަ

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އެ މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ޝަމީމް މަޤާމުން ވަކިކުރަން ހުށައެޅީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއެވެ.

ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ސިޓީގައި ބުނާގޮތުން ޕީޖީ ޝަމީމް ވަނީ ޤާނޫނު އަސާސީ އާ ޚިލާފަށް އެތައް ކަމެއް ކޮށްފައެވެ. އެހެންކަމުން ޝަމީމް އަކީ ޕީޖީގެ މަޤާމުގައި ހުރުމަށް އެކަށީގެންވާ ބޭފުޅެއް ނޫނެވެ.

އޭގެ ތެރޭގައި ކޮވިޑްގެ ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމުމާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކުގެ މައްސަލައިގައި އެންމެ ފަހުން ދައުވާ ނުކޮށް ފައިލްކުރުމާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލުވިކަމަށް ތުހުމަތު ކުރެވުނު ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލްކުރިކުރުން ހިމެނެއެވެ.

ހަމައެއާއެކު ބަނގުރާ ބުއިމާ ބެހޭ 71 މައްސަލައެއް ޝަމީމުގެ ޕީޖީ ކަމުގައި ކޯޓުތަކުން އަނބުރާ ގެނެސްފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އަދި އިންސްޓަގްރާމުގައި ބަނގުރާ ފުޅިއަކާއެކު ޝަމީމް ޕޯސްޓް ކުރުމާއި އޭގެ އިތުރުން ޕީޖީގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ވެސް ތުހުމަތުކޮށްފައި ވެއެވެ.

ޝަމީމް މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށާފައިވާއިރު ޝަމީމް ޕީޖީގެ މަގާމަށް އައްޔަންކުރެއްވީ 8 ޑިސެމްބަރު 2019 ގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.