ހީނާ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި
ވެލްފެއާ އަދި އާސަންދަ ޕޮލިސީއަށްވެސް ބައެއް ކަހަލަ ބަދަލުތައް ގެންނަން މަސައްކަތް ކުރަމުންދާކަން ހީނާ ފާހަގަ ކުރެއްވި
އޮކްޓޫބަރުން ފެށިގެން އާސަންދަ ހިދުމަތް ލިބޭނީ އެހެން އިންޝުއަރެންސެއްގައި ބައިވެރިވެފައި ވާނަމަ އެބައި ކަނޑާފައި ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ހީނާ އެހެން ވިދާޅުވީ، އެހެން އިންޝުއަރެންސް ސްކީމުތަކުގައި ބައިވެރިވެފައިވާ މީހުންނަށް ވެސް އާސަންދަ ލިބޭތީ އެކަމާ ގުޅިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
ހީނާ ވިދާޅުވީ އަންނަ އޮކްޓޫބަރުގައި އާސަންދަ ނިޒާމު ރިފޯމުކޮށް، ތަންފީޒު ކުރަން ފެށުމުން ޑަބަލް އިންޝުއަރެންސަސް ކަނޑާ މައްސަލަ އަށް ހައްލެއް އަންނާނެ ކަމަށެވެ. އޭރުން ދެން އާސަންދައިގެ ބަދަލުގައި އެންމެ ފުރަތަމަ ކަނޑާނީ އެ މީހުންގެ އަތުގައި ހުންނަ އިތުރު އިންޝުއަރެންސް ތަކުންނެވެ.
"ވެލްފެއާ ޕޮލިސީ އާއި އާސަންދައިގެ ޕޮލިސީއަށް ބައެއް ކަހަލަ ބަދަލުތައް ގެންނަން އެބަ މަސައްކަތް ކުރަން. އޭގެ ޑްރާފްޓްތަކެއް މިހާރު އެކުލަވާލެވި ވަރަށް އަވަހަށް ކެބިނެޓަށް އެ ޕޭޕާ ހުށަހަޅާނަން، އެ އަށް ގެންނަ އިސްލާހުތަކާ އެކީގައި،" ހީނާ ވިދާޅުވިއެވެ.
ވެލްފެއާ އަދި އާސަންދަ ޕޮލިސީއަށްވެސް ބައެއް ކަހަލަ ބަދަލުތައް ގެންނަން މަސައްކަތް ކުރަމުންދާކަން ހީނާ ފާހަގަ ކުރެއްވިއެވެ. އަދި އެކަމަށް ޑްރާފްޓްތަކެއް އެކުލަވާލެވިފައިވާ ކަމަށާއި ވަރަށް އަވަހަށް ކެބިނެޓަށް ކަރުދާސް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް